ކުޑަރިކިލު ސްކޫލުގެ " ބޮޑުކޭން" މާދަމާ ރޭ އެ ސްކޫލުގައި ބާއްވަން ތައްޔާރު ވެއްޖެއެވެ. މިއީ އެ ސްކޫލުގެ ޕީޓީއޭގެ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދަން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޕީޓީއޭއާއި މުޅި ރަށުގެ ބައިވެރިވުމާއެކު ކުރިއަށް ދާ މި ކޭމުން ގިނަ އަދަދެއްގެ ދިވެހި ކެއުންތައް ފެނިގެންދާނެއެވެ.

މި ކޭމުގެ ޓިކެޓް ވިއްކަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އާންމު ރޭޓަކީ 150ރުފިޔާއެވެ. ދެން ހިމެނެނީ ގޯލްޑަން ޓިކެޓްގެ ގޮތުގައި ވިއްކާ 1500 ރުފިޔާގެ ޓިކެޓާއި ރޯސް ގޯލްޑްގެ ގޮތުގައި ވިއްކާ 5000 ރުފިޔާ ޓިކެޓެވެ.
ރޯސް ގޯލްޑް ޓިކެޓް ގަންނަ ފަރާތްތަކަށް ޚާއްޞަ ޓްރޮފީއެއް ދޭން ކުޑަރިކިލު ސްކޫލުން ވަނީ ނިންމާފައެވެ.

" ބޮޑުކޭން" ގައި ބައިވެރިވުމުގެ ދައުވަތު ބ. އަތޮޅުގެ ރިސޯޓް ތަކަށާއި އަދި ކައިރި ރަށްރަށަށް ވެސް ވަނި ދީފައެވެ.
ކުޑަރިކިލު ސްކޫލުން ބުނީ، "ބޮޑުކޭން" ހަރަކާތް އެހާ ކުލަގަދަކޮށް ކުރިއަށް ގެންދެވެނީ އެ ރަށު ކައުންސިލާއި ހުރިހާ ރައްޔިތުންގެ ޝާމިލުވުން އޮންނާތީއެވެ. އެކަމަށްޓަކައި އެ ހުރިހާ ފަރާތްތަކަށް އެ ސްކޫލުން ޝުކުރު އަދާކުރެއެވެ.
advertisment
ހިޔާލު