މާފުށީ ސްކޫލަށް ޗައިނާ ސަރުކާރުން 625،000 ރުފިޔާގެ ތަކެތީގެ އެހީއެއް ވެދީފިއެވެ. މި އެހީގެ ތެރޭގައި ހިމެނެނީ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޕްރޮޖެކްޓަރާއި ޕްރިންޓަރާއި ގޮނޑިއާއި މޭޒުގެ އިތުރުން ބާސްކެޓް ބޯޅައާއި ފުޓްބޯޅަ ކުޅެން ބޭނުންވާ އެކި ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ތަކެއްޗެވެ.
މި ތަކެތި މާފުށީ ސްކޫލާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ، ޗައިނާއަކީ ޒަމާނުއްސުރެ ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެއް ކަމަށާއި ޗައިނާގެ ސަރުކާރުން މާފުށީ ސްކޫލަށް ފޯރުކޮށްދިން އެހީގެ ސަބަބުން އެ ސްކޫލަށް ގިނަ ފައިދާތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވިދާޅުވީ އަތޮޅުތަކުގެ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއެކު ގުޅުން ބަދަހިކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ.
advertisment
ހިޔާލު