މި މަހު 11ގައި ޤައުމީ ޔުނިވަރސިޓީގެ ފެބުރުއަރީ މަހުގެ އިންޓޭކްގެ ކިޔެވުން ފަށާއިރު، އެ ޔުނިވަރސިޓީއާ އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް އިއްޔެ ބާއްވައިފިއެވެ.

އެމްއެންޔޫ ސެންޓަރަލް އޮޑިޓޯރިއަމްގައި ބޭއްވުނު މިއޮރިއެންޓޭޝަންގައި ދަރިވަރުންނަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ވަނީ ހިއްސާ ކޮށްފައެވެ. ހިއްސާ ކުރި މައުލޫމާތު ތަކުގެ ތެރޭގައި، ދަރިވަރުންގެ އިދާރީ ޚިދުމަތްތަކާއި، ކޯސްތަކުގެ ފީއާއި، ދަރިވަރުންނަށް ޔުނިވަރސިޓީން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި ދޭ އެހީތަކާއި އިމްތިހާނުތަކާއި ލައިބްރަރީގެ ޚިދުމަތްތައް ހިމެނެއެވެ.

އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަންއާ ބެހޭ ގޮތުން ވެސް މި ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރިއެވެ.
އަދި "މާރެސް" ނަމުގައި ކުޅިވަރު ހަރަކާތްތަކެއް ހުރިހާ ދަރިވަރުންނަށް ކުރިއަށް ގެންދިޔައެވެ.
advertisment
ހިޔާލު