އިމާދުއްދީނުގެ އަރުތަ ކޭމްޕްގައި ބައިވެރިވާން އަތޮޅުތެރޭގެ ސްކޫލްތަކަށް ހުޅުވާލައިފި

އޯލެވެލްއަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކު ވެސް އިމާދުއްދީން ސްކޫލުން ކުރިއަށް ގެންދާ އަރުތަ ކޭޕްމްގައި ބައިވެރި ވުމުގެ ފުރުޞަތު އެ ސްކޫލުން ހުޅުވާލައިފިއެވެ. އެ ސްކޫލުން ބުނީ އެ ކޭމްޕްގައި ބައިވެރިވާން ޝަޢުޤުވެރިވާ ސްކޫލްތަކުން މާދަމާގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށެވެ.

އިމާދުއްދީން ސްކޫލުގެ އަރުތަ ކޭމްޕުން، އެކި ސްކޫލްތަކުގެ ދަރިވަރުންނަށް ތައުލީމީ ތަޖުރިބާ ހޯދައިދެއެވެ.

އަރޫތާ ކޭމްޕްގައި، ކޮންމެ މާއްދާއެއްގެ ތަޖުރިބާކާރުން ކުރިއަށް ގެންދާ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. މި ސެޝަންތައް ކުރިއަށް ގެންދަނީ ދަރިވަރުން ޝަޢުޤުވެރިވާ ގޮތަށް އުނގެނުމާއި އަމަލީ ތަޖުރިބާއާއި ކުޅުމުގެ ތެރެއިންނެވެ.

އަރުތަ ކޭމްޕުން، ތަފާތު މާއްދާތައް އެކްސްޕްލޯކޮށް ތިމާގެ ތައުލީމީ ޝައުގުވެރިކަން ހިއްސާކުރުމާއި އެކި ދަރިވަރުންނާ ގުޅުން ބަދަހިކޮށް، ތަޖުރިބާކާރު މުދައްރިސުންގެ ފަރާތުން އުނގެނުމުގެ ފުރުޞަތު ހޯދައިދެއެވެ.

2022 ވަނަ އަހަރު އެ ސްކޫލުން ބޭއްވި އަރުތަ ކޭމްޕްގައި ވ. ކެޔޮދޫ ސްކޫލާއި ތ. މަޑިފުށީ ސްކޫލާއި ވ. އަތޮޅު ތަޢުލީމީ މަރުކަޒާއި ށ. އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *