ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެވެލި މައްޖައްލާގެ 34 ވަނަ ޢަދަދު ނެރެފިއެވެ.
މި ފަހަރުގެ ޢަދަދު ޚާއްޞަކޮށްފައިވަނީ ޅެންވެރީންގެ ދުވަހަށެވެ. މި މަޖައްލާ ނެރެދެއްވީ ގދ. ތިނަދޫގައި މިފަހަރު ބޭއްވި ޅެންވެރީންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަދި ގދ. އަތޮޅުގެ ކުރީގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.

މިއީ ކެވެލި މައްޖައްލާ ޤައުމީ ފެންވަރުގެ ޖަލްސާގައި ނެރުނު ފުރަތަމަ ފަހަރެވެ.
ކެވެލި މަޖައްލާއަކީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވާރުން އިސްނަގައިގެން ކޮންމެ 3 މަހަކުން އެއްފަހަރު ނެރެމުން އަންނަ މަޖައްލާއެކެވެ. މި މައްޖައްލާގައި މިފަހަރު ވަނީ ޅެންވެރީންގެ ދުވަހަށް ޚާއްޞަކޮށްގެން " ހުވަދޫ ޝާއިރުންގެ ވެހި" މި ނަމުގައި ސެކްޝަނެއް އެކުލަވައިލާފައެވެ. މި ސެކްޝްގައި ހުވަދޫއަށް ނިސްބަތްވާ ޅެންވެރީންގެ މަޢުލޫމާތާއި ޚިދުމަތްތަކަށް އަލިއަޅުވައިލާފައިވެއެވެ. ކެވެލި މައްޖައްލާގެ އެހެން ޢަދަދުތަކެކޭ އެއްފަދައިން މި ޢަދަދު ވެސް ސްކޫލު ވެބްސައިޓުން މިހާރު ފެންނާނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
advertisment
ހިޔާލު