ޖާގަ ހުރި ކޯސްތަކަށް ވަންނަން އިތުރު ފުރުޞަތެއް އެމްއެންޔޫއިން ދީފި

އަންނަ މަހުގެ 11 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަށާ ކޯސްތަކުގެ ތެރެއިން މި ވަގުތު ޖާގަ އޮތް ކޯސްތަކަށް ވަނުމުގެ މުއްދަތު ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓް https://mnu.edu.mv/registration/ ގައި ޝާއިއު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓަށް ބަދަލު އަންނަވަރަކުން ޔުނިވަރސިޓީގެ ވެބްސައިޓްގައި އަދާހަމަ ކުރެވެމުން ދާނެއެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 08 ފެބުރުވަރީ 2024ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ، މި ކޯސްތަކާ ބެހޭ  އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ލިބެން ހުންނާނެ ކަމަށާއި ކޯސްތަކަށް އެޕްލައިކުރެވޭނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ނަމްބަރުން ލިބޭނެ ކަމަށް ވެސް އެ ޔުނިވަރސިޓީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *