ނަމޫނާ ސްކޫލަކަށްވުމުގެ އަޒުމުގައި 21 ވަނަ ޤަރުނުގެ އިލްމާއި ހުނަރަށް އަމާޒުކޮށް، މ. މުލަކު ސްކޫލުގެ އިސްދަރިވަރުން ބާއްވާ މަހާސިންތާ، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށަން ނިންމައިފިއެވެ.
މި މަހާސިންތާގައި އެ ސްކޫލުގެ ގުރޭޑް 5ން މަތީގެ 100 އެއްހާ ދަރިވަރުން ބައިވެރިވާއިރު، ކޮންފަރެންސްގައި އަމަލީ ގޮތުން 67 ދަރިވަރުން ބައިވެރިވެއެވެ.
އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދާ މި މަހާސިންތާގައި ހުށަހަޅާ ކަރުދާސްތަކަށް ގޫރުޕް ޑިސްކަޝަންތަކަށްފަހު، މުހިންމު ނިންމުންތަކެއް ނިންމާނެއެވެ. ގުރޫޕް ޑިޝްކަޝަންތަކުގެ އިތުރުން، ގުޅުން ހުރި ދާއިރާތަކުން ޚާއްޞަ މެހުމާނުންގެ ގޮތުގައި ހަތަރު ބޭފުޅަކު ތަޤުރީރު ކުރައްވާ ގޮތަށް ވަނަީ މި މަހާސިންތާގައި ހަމަޖައްސާފައެވެ.

މި މަހާސިންތާގެ މައިގަނޑު ތީމަކީ، ޓްރާންސްފޮމޭޝަން ލީޑާޝިޕްގެ ދަށުން އެ ސަރަހާއްދުގެ އެންމެ މޮޅު ސްކޫލަކަށް ވުމެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ،
- މުލަކު ސްކޫލުގެ ދަރިވަރުންނަކީ ސްކޫލް ، ރަށް އަދި ޤައުމުދެކެލޯބިވާ ދަރިވަރުންތަކަކަށް ހެދުން.
- ދަރިވަރުންގެ ހިތްތަކުގައި ޢިލްމު ހޯދުމުގެ ޝައުޤުވެރިކަން އުފެއްދުން.
- މުލަކު ސްކޫލަކީ ސްކޫލު ހިމެނޭ ޒޯނުގައި ހުރިހާގޮތަކުން ނަމޫނާ ސްކޫލަކަށް ވުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަނެ އެކަންތައް ކުރިއަށްގެންދާނެ ވިސްނުން ތައްރައްޤީ ކުރުން.
- މުލަކު ސްކޫލުގެ ދަރިވަރުންނަށް 21 ގަރުނުގެ ލީޑަރޝިޕް ހުނަރުތައް ފޯރުކޮށްދިނުން.
މުލަކު ސްކޫލުން ބުނީ، މި މަހާސިންތާގެ ސަބަބުން 21 ވަނަ ގަރުނުގެ ހުނަރުތަކަށް ދަރިވަރުންގެ ލޯ ހުޅުވިގެން ދިއުމާއި ދަރިވަރުންގެ ހިތްތަކުގައި ސްކޫލުގެ މުސްތަގުބަލާއިމެދު އައު ތަސައްވަރުތަކެއް ކުރެހިގެން ދިއުމާއި އައު އުސްމިން ތަކަކަށް އެ ސްކޫލު ގެންދިއުމަށް ގަދަ ހިތްވަރާއެކު މަސައްކަތް ކުރާނެ ދަރިވަރުންތަކެއް ތަމްރީނު ވެގެންދާނެ ކަމަށެވެ.
މިއީ، 350 އެއްހާ ދަރިވަރުން ކިޔަވަމުންދާ މުލަކު ސްކޫލުން ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާއެވެ.
advertisment
ހިޔާލު