9 ފަހަރު އިއުލާން ކުރުމުން ވެސް ދިވެހި މާއްދާ ކިޔަވައިދޭނެ މުދައްރިސަކު ނުލިބުނު

މިދިއަ އަހަރު ފުރަތަމަ ފަހަރަށް އޯލެވެލް ގައި ބައިވެރިވި ނޫރާނީސްކޫލަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، ދިވެހި މާއްދާ ކިޔވައިދޭނެ މުދައްރިސުން ނުލިބުމުގެ މައްސަލައެވެ. ޕްރިންސިޕަލް ފާތިމަތު ހަފްސާ ވިދާޅުވީ، ނުރާނީ ސްކޫލްގެ ފަރާތުން މިހާތަނަށް ދިވެހިބަސް ކިޔަވައިދެއްވާނެ ދާއިމީ މުދައްރިސެއް ހޯދަން 9 ފަހަރެއްގެ މަތިން އިއުލާންކޮށްގެން ވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

"މިއީ މިސްކޫލަށް އެކަނި ދިމާވެގެން އުޅޭ މައްސަލއެއް ނޫން. ދިވެހި މުދައްރިސުން ހޯދުން ވަރަށް ދަތި" ހަފުސާ ވިދާޅުވިއެވެ.

"އައްޑޫގެ ހުރިހާ ސްކޫލަކަށްވެސް މިދަތިކަން ކުރިމަތިވެފައި ވަނީ. މީ ގައުމީ ފެންވަރުގައި ވިސްނަން ޖެހޭ މައްސަލައެއް"

ހަފުސާ ވިދާޅުވީ ދިވެހި މުދައްރިސުން ނުލިބިގެން ގްރޭޑް 10 ގެ ކުދިންނަށް ދިވެހިކިޔަވައި ދެނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކު އިރުޝާދިއްޔާ ސްކޫލުން ވަގުތީގޮތުން ޓީޗަރަކު ގެނެސްގެން ކަމަށެވެ.

މިއަހަރު އޯލެވެލްގައި އެ ސްކޫލުން 5 ދަރިވަރުން ބައިވެރިވާނެއެވެ.

ނޫރާނީސްކޫލް އައު ބަދަލަކާ ދިމާލަށް ދަތުރުފެށީ 2020 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރުން ފެށިގެން ނޫރާނީ ސްކޫލް ބަދަލުވީ، ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ހިތަދޫގެ 3 ވަނަ ސްކޫލަށެވެ. އެ ސްކޫލްގައި ކިޔަވައި ދެނީ އެއް ދަންފަޅި އަށެވެ. ކޮންމެ ގްރޭޑެއްގައި ވެސް ޢަރަބި ބސް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *