އިސްލާމީ ތަޢުލީމަށް ޚާއްޞަ ކޮށްގެން މަދީނާ އިންޓަރނޭޝަނަލް ސްކޫލް، މިސްކިތަކާއެކު ތަރައްޤީ ކުރަނީ

އިސްލާމީ ތަޢުލީމަށް ޚާއްޞަ ކޮށްގެން މަދީނާ އިންޓަރނޭޝަނަލް ސްކޫލް، މިސްކިތަކާއެކު ތަރައްޤީ ކުރަން ހުޅުމާލެއިން ބިމެއް އަލް މަދީނާ އިންވެސްޓްމަންޓަށް ދީފިއެވެ.

މިކަމުގެ އެއްބަސް ވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޢަލީ އަޙްސަނެވެ.

ސްކޫލް މަސައްކަތުގެ ފްރޭމްވޯކް އެގްރިމެންޓުގައި އެޗްޑީސީއާއި މަދީނާ އިންވެސްޓްމަންޓުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސޮއިކޮށްފައިވެއެވެ.

ފްރީ ސްކޫލުން ފެށިގެން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ ގޮތަށް މި ސްކޫލް ތަރައްޤީ ކުރަނީ، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރެޑްވޭވް ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތާ ޖެހިގެން އޮތް ބިމުގައެވެ. މި ސްކޫލް އިމާރާތް ކުރަނީ އެ މިސްކިތާ ގުޅިގެން ދާނެ ގޮތަށެވެ. އޭރުން މިހާރު މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ ދެ ބުރި މިސްކިތެއް ހުންނާނެއެވެ.

އެޗްޑީސީން ބުނީ، ގުރޭޑް 10އާ ހަމައަށް ކިޔަވައި ދިން ނަމަވެސް މަތީ ތަޢުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްޤީކުރާނެ ކަމަށެވެ. އަދި ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ 2.5 އަހަރުގެ ތެރޭގައި ސްކޫލުގެ މަސައްކަތް ނިންމައި ޕްރީ ސްކޫލުގެ ކިޔެވުން ފަށާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *