ދިރާސީ އައު އަހަރަށް ގެނައި ބަދަލާއެކު މިހާރު ގުރޭޑު 8 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކެމްބުރިޖު އަދި އެސްއެސްސީ މުޤައްރަރަށް ކިޔަވައިދޭން ފަށައިފިއެވެ. ބައެއް ސްކޫލުތަކުން މިދިޔަ ހަފުތާގައި ކެމްބުރިޖު އަދި އެސްއެސްސީ މުޤައްރަރަށް ކިޔަވައިދޭން ފެށި ނަމަވެސް ގިނަ ސްކޫލްތަކުގައި ފެށީ މިއަދުއެވެ.

ދިރާސީ އައު އަހަރަށް ގެނައި ބަދަލާ ގުޅިގެން މިހާރު ގުރޭޑް 8ގައި ތިބި ދަރުވަރުން އޯލެވްއަށް ކިޔަވައިދޭން ފަށަން އެޑިޔުކޭޝަނުން އަންގާފައި ވަނީ މިއަދުން ފެށިގެންނެވެ.
ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން މިހާރު ކިޔަވަމުންދާ 2ވަނަ ޓާމް ނިމެންދެން (އޭޕްރީލް މަހުގެ ނިޔަލަށް) ތިބޭނީ ގްރޭޑް 8 ގައެވެ. އެ ދަރިވަރުން ގްރޭޑް 9ގައި ކިޔަވަން ފަށާނީ 2024 މެއި މަހުން ފެށިގެން 2025ގެ ފެބްރުއަރީ އަށެވެ. އޭގެ ފަހުން ގުރޭޑް 10ގައި މި ދަރިވަރުން ކިޔަވަން ފަށާނީ މާރޗް 2025ން ފެށިގެންނެއެވެ. އޯލެވެލް ހަދާނީ ނޮވެމްބަރ 2025ގައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެފައި ވަނީ، ތައުލީމީ ކަލަންޑަރަށް ގެނެވުނު ބަދަލުން އެންމެ ބޮޑު ފައިދާއެއް ލިބޭ ދަރިވަރުންގެ ތެރޭގައި މިހާރު ގްރޭޑް 8ގައި ކިޔަވަމުންދާ ދަރިވަރުން ހިމެނޭ ކަމަށާއި، ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ދަރިވަރުންގެ އުމުރުން ގެއްލިފައިވާ 6 މަސް ދުވަސް އަނބުރާ ލިބޭނެ ކަމަށެވެ. އަދި، ސިލަބަސް ކަވަރުކުރެވި ރިވައިސް ކުރުމަށް ވެސް ވަގުތު ލިބޭނެ ކަމަށެވެ.
ގުރޭޑް އަށެއްގެ ދަރިވަރުންނަށް ކެމްބުރިޖު އަދި އެސްއެސްސީ މުޤައްރަރަށް ކިޔަވައިދޭން ފެށުމުގެ ކުރިން ހުރިހާ ސްކޫލްތަކުން ބެލެނިވެރިންނަށް ޚާއްޞަކޮށްގެން ބައްދަލުވުންތަކެއް ބޭއްވިއެވެ.
advertisment
ހިޔާލު