އެސްއެސްސީ އިމްތިޙާނުގެ އެގްޒަމިނަރސް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންތައްތައް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން މުދައްރިސުންނާ ހިއްސާކޮށްފިއެވެ.
އެގްޒަމިނަރސް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންތައްތައް ޑީޕީއީއިން ހިއްސާކުރީ ސާނަވީ ގުރޭޑްތަކަށް ދިވެއްސާއި އިސްލާމް ކިޔަވައި ދޭ ހުރިހާ މުދައްރިސުންނަށް މިއަދު ކުރިއަށް ގެންދިޔަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންތަކުގެ ތެރެއިންނެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ސެޝަންތައް ފައްޓަވައި ދެއްވީ ތަޢުލީމީ ވަރީރުގެ ނައިބު ސުލްޠާން ރާމިޒެވެ.
މި ސެޝަންތައް ކުރިއަށް ގެންދިޔައީ މިއަދު ހެނުނު 8:00ން 13:00އަށެވެ.
ވަޒީރުގެ ނައިބު، ސުލްޠާން ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ފާއިތުވި 2023 އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ދިވެއްސާއި އިސްލާމް މާއްދާގެ ރިޕޯޓް އެކުލަވާލައި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް މުދައްރިސުންނާ މިއަދު ހިއްސާކޮށްފައިވާ ކަމަށެވެ.
އޭ ވިދާޅުވީ، މި ރިޕޯޓްގައި، ދަރިވަރުން އިމްތިޙާނުގައި ޖަވާބު ދީފައި ހުންނަ ގޮތާއި ރަނގަޅު ކުރަންޖެހޭ ކަންތައް ހިމަނާފައިވާ ކަމަށެވެ.
" މީގެ ކުރިން މައުލޫމާތު ދެމުން އައީ އިމްތިޙާނުގެ ޕޭޕަރު މާކުރާ 40 އެއްހާ ޓީޗަރުންނަށް. އަޅުގަނޑުމެންނަށް ފެނުނީ، އެ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންތައްތައް ހުރިހާ މުދައްރިސުންނަށް މުހިންމު ވާނެތީ އެ މައުލޫމާތު ހިއްސާކުރަން. ވަކިވަކި ސްކޫލުތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް އެއީ ކޮންމެހެން މުހިންމު މައުލޫމާތު ތަކެއް" ސުލްޠާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮންމެ އަހަރަކު ވެސް، ސާނަވީ އިމްތިޙާނު ނިމުމުން، އެ އިމްތިޙާނުގެ އެގްޒަމިނަރސް ރިޕޯޓްގައި ފާހަގަކޮށްފައި ހުންނަ ކަންތައްތައް މުދައްރިސުންނާ ހިއްސާކުރަން، ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
" އިމްތިޙާނުގެ ނަތީޖާއަށް ބަލައި ވަކިވަކި ސްކޫލްތަކަށް ވެސް މިފަދަ ސެޝަންތައް އަޅުގަނޑުމެން ހިންގާނަން" ސުލްޠާން ވިދާޅުވިއެވެ.
advertisment
ހިޔާލު