ސިންގަޕޫރުގެ އައިޕީއެސްއެލްއީގައި ބްރައިޓްވޭގެ 53 ދަރިވަރުން ބައިވެރިވަނީ

ގުރޭޑް ހައެއް ނިންމާ ދަރިވަރުންނަށް ސިންގަޕޫރުންދޭ، އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު ލީވާސް (އައިޕީއެސްއެލްއީ) އިމްތިޙާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި އެއް ދަރިވަރަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ: މި އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވަނީ ބްރައިޓްވޭއިން އެކަނި- ފޮޓޯ: ބްރައިޓްވޭ

ގުރޭޑް ހައެއް ނިންމާ ދަރިވަރުންނަށް ސިންގަޕޫރުންދޭ، އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު ލީވާސް (އައިޕީއެސްއެލްއީ) އިމްތިޙާނުގައި ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ 53 ދަރިވަރުން ބައިވެރިވާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ. މިއީ އެ އިމްތިޙާނުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވާ ފަސްވަނަ އަހަރެވެ.

ސިންގަޕޫރު އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް "ސިއެބް" އިން ދޭ (އައިޕީއެސްއެލްއީ) އިމްތިޙާނުގައި ރާއްޖެއިން ބައިވެރިވަނީ ބްރައިޓްވޭއިން އެކަންޏެވެ. އެ އިމްތިޙާން ދެނީ އިނގިރޭސިއާއި ސައިންސްގެ އިތުރުން ހިސާބުންނެވެ. އިމްތިޙާން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 24ން ޖުލައި މަހުގެ 4އަށެވެ.

ގުރޭޑް ހައެއް ނިންމާ ދަރިވަރުންނަށް ސިންގަޕޫރުންދޭ، އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު ލީވާސް (އައިޕީއެސްއެލްއީ) އިމްތިޙާނުން އިނގިރޭސި މާއްދާއިން ވަނަ ހޯދި ބްރައިޓްވޭގެ ދަރިވަރުން- ފޮޓޯ: ބްރައިޓްވޭ

ސިންގަޕޫރުގެ އައިޕީއެސްއެލްއީގައި އެ ސްކޫލްގެ 71 ދަރިވަރުން މިދިޔަ އަހަރު ބައިވެރިވިއިރު، ހަ ދަރިވަރަކު ވަނީ އިނގިރޭސި މާއްދާއިން އެވޯޑް ހޯދާފައެވެ.

ބްރައިޓްވޭ އިން އަންނަނީ 2021 ވަނަ އަހަރުން ފެށިގެން އެ އިމްތިޙާނުގައި ބައިވެރިވަމުންނެވެ. އަދި އެ ސްކޫލަކީ ސިންގަޕޫރުގެ އެގްޒަމިނޭޝަން އެންޑް އެސެސްމަންޓް ބޯޑުން އެކްރެޑިޓްކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ސްކޫލެވެ. އަދި އެ ސްކޫލަކީ ސިންގަޕޫރުން ބޭރުގައި އެކްރެޑިޓް ކުރި 19 ވަނަ ސެންޓަރެވެ. ކޮންމެ އަހަރަކުވެސް އެ އިމްތިޙާނުގައި އެ ސްކޫލްގެ ދަރިވަރުން އަންނަނީ ރަނގަޅު ކާމިޔާބެއް ހޯދަމުންނެވެ.

ބްރައިޓްވޭ އަކީ ސިންގަޕޫރުގެ ކައިކިއުލަމަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. އިންޓަނޭޝަނަލް ސްކޫލްތަކާއި މަދްރަސާތައް ހިމެނޭގޮތަށް 149 ސެކަންޑަރީ ސްކޫލަކާއި އަމިއްލަ 15 ސްކޫލަކުން 6،606 ދަރިވަރުންގެ ނަތީޖާއަށް ބެލުމަށްފަހު، ޕްރޮގްރާމް ފޮރ އިންޓަރނޭޝަނަލް ސްޓޫޑެންޓް އެސެސްމަންޓް (ޕީސާ) 2022 ގައި ސިންގަޕޫރު އޮތީ ހިސާބު، ސައިންސް އަދި ކިޔެވުމުގެ ރޮނގުން އެއްވަނައިގައެވެ. މިއީ، ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ދަރިވަރުންގެ އިލްމާއި ހުނަރުގެ ބޭނުން ހިފަމުންދާ ގޮތް ބެލުމަށް ބައިނަލްއަގުވާމީ ބެންޗްމާކިންގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ކުރިއަށް ގެންދާ ސްޓަޑީއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *