ކަލާފާނުގެ ގުރޭޑް 10ގެ 80 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިޔާގައި

ކަލާފާނު ސްކޫލުގެ ގުރޭޑް 10ގެ 80 ދަރިވަރުން، އެ ދަރިވަރުން ކިޔަވަމުންދާ މާއްދާތަކާ ގުޅުން ހުރި ތަޖުރިބާ ހޯދަން ދިޔައީ އިންޑިޔާއަށެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރި މި ދަތުރުގައި، ފުރަތަމަ ގުރޫޕްގައި ހިމެނޭ 39 ދަރިވަރުން ފުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދަރިވަރުން ދަތުރު ނިންމާފައި މާލެއައީ  މިއަދުއެވެ.

ދެވަނަ ގުރޫޕް ފުރި މި މަހު 15ގައެވެ. އެ ގުރޫޕުގައި ހިމެނޭ 41 ދަރިވަރުން މާލެ އަންނާނީ އަންނަ ހޯމަ ދުވަހުއެވެ.

ކަލާފާނު ސްކޫލުން ބުނީ، މި ދެ ގުރޫޕްގައި ހިމެނޭ ދަރިވަރުން އިންޑިޔާގެ ބެންގަލޫރަށާއި މައިސޫރަށާއި މައިސޫރުގެ ތާރީޚީ ތަންތަނާއި މިއުޒިއަމްތަކާއި ޒޫތަކާއި ޕާކުތަކާއި ޓޫރިސްޓް މަންޒިލްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދި ކަމަށެވެ.

އެ ސްކޫލުން ބުނީ މި ދަތުރުގެ ބޭނުމަކީ، ތަފާތު ސަގާފަތްތަކާ ބެހޭ މައުލޫމާތު ހޯދުމާއި، މާއްދާތަކާ ގުޅުންހުރި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތައް ހޯދުމެވެ.

މި ދަތުރުގައި ކަލާފާނު ސްކޫލުގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ.

ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅޭ އަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ މިފަދަ ތަޖުރިބާ ދަތުރުތައް އެ ސްކޫލުން އަންނަނީ ބާއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *