މަތީ ސާނަވީގެ ގަދަ ދިހައެއްގައި ޖަލާލުއްދީނުގެ 13 ދަރިވަރުން، މިއީ މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ

2022-2023 ބޭއްވި މަތީ ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި މިފަހަރު ކުޅުދުއްފުށީ ޖަލާލުއްދީނުގެ 13 ދަރިވަރުން ހިމެނިއްޖެއެވެ. އެ ސްކޫލުން ބުނީ، އެއީ މިހާތަނަށް އެ ސްކޫލަށް މަތީ ސާނަވީން ލިބުނު އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުގައި އެ ސްކޫލުން ބައިވެރިވީ 34 ދަރިވަރުންނެވެ. ދިވެއްސާއި ބިޒްނަސް ސްޓަޑީޒްއާއި އިކޮނޮމިކްސްއިން އެ ހުރިހާ ދަރިވަރުން ފާސްވިއެވެ.

މަތީ ސާނަވީގެ ގަދަ ދިހައެއްގައި، ކުރީ އަހަރު (2021-2022) ގައި 10 ދަރިވަރުން އޭގެ ކުރީ އަހަރު، (2020-2021) ވަނަ އަހަރު 12 ދަރިވަރުން ހިމެނުނެއެވެ.

މިދިޔަ އަހަރު، މަތީ ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު ޖަލާލުއްދީނު ދަރިވަރުން:

1- ފާތިމަތު ޒަމްއާ އަމްޖަދު (ގަދަ ދިހައެއްގެ ދެ ވަނަ)

2- އަހުނަފު ފަރުހާދު ( ގަދަ ދިހައެއްގެ ތިން ވަނަ)

3- އީޖާދު މުހައްމަދު ( ގަދަ ދިހައެއްގެ ތިން ވަނަ)

4- އާމިނަތު ވަފާ ( ގަދަ ދިހައެއްގެ ހަ ވަނަ)

5- އިބްރާހިމް އިޔާން ( ގަދަ ދިހައެއްގެ ހަތް ވަނަ)

6- މަލްސާ އާދަމް ( ގަދަ ދިހައެއްގެ ހަތް ވަނަ)

7- ހުސައިން އަލީމް އަބްދުއްރަހީމް (ގަދަ ދިހައެއްގެ ހަތް ވަނަ)

8- އަހުޒަމް އަހުމަދު ( ގަދަ ދިހައެއްގެ އަށް ވަނަ)

9- ރީހަމް މުޙައްމަދު  ( ގަދަ ދިހައެއްގެ އަށް ވަނަ)

10- އަހުމަދު އަބުދުﷲ ( ގަދަ ދިހައެއްގެ ނުވަ ވަނަ)

11- އައިޝަތު އިބާ އަލީ ( ގަދަ ދިހައެއްގެ ނުވަ ވަނަ)

12- އާމިނަތު ހަނާން ހުސައިން ( ގަދަ ދިހައެއްގެ ދިހަ ވަނަ)

13- ސަޖާހު އަބަދުﷲ ( ގަދަ ދިހައެއްގެ ދިހަ ވަނަ)

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދު ދަރިވަރު ނޫހަށް މި ރޭ ވިދާޅުވީ، ނަތީޖާއިން ދައްކައި ދެނީ އެ ސްކޫލުން ދޭ ތަޢުލީމުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް މަތިވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، އެއީ ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުންގެ އެއްބައެއްގެ ގޮތުގައި ކުރި މަސައްކަތް ކަމަށެވެ.

އޭނާ ވިދާޅުވީ، އަންނަ އަހަރުގެ ނަތީޖާ މިއަށްވުރެ ވެސް ރަނގަޅު ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޖަލާލުއްދީން ސްކޫލުގައި 700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *