މިއަދު ނެރުނު އޭ ލެވެލް ނަތީޖާއާއި ގުޅިގެން ވިލާ ކޮލެޖުގެ ޖެނުއަރީ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ވިލާ ކޮލެޖުން ބުނީ މުއްދަތު އިތުރުކުރީ، އޭލެވެލް ނަތީޖާ ލިބުނު އެތައް ދަރިވަރުން ޖެނުއަރީ އިންޓޭކްގައި ކިޔަވަން ފަށަން ބޭނުން ވެގެން އެދެމުން ދާތީ އެކުދީންނަށް އެފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ވިލާ ކޮލެޖާ، ޖެނުއަރީ އިންޓޭކްގައި ގުޅުނު ދަރިވަރުންގެ އޮރިއެންޓޭޝަން މިހާރު ފެށިގެން ކުރިއަށް އެބަގެންދެއެވެ. ނަމަވެސް އަލަށް ގުޅޭ ދަރިވަރުނަށް ވެސް އެ މަޢުލޫމާތު ފޯރުކޮށް ދިނުމައް ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި އަހަރު ޖަނަވަރީ އިންޓޭކްއަށް ހުޅުވާލެވުނު ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ 9 ޑިގްރީ ޕްރޮގްރާމާއި އަދި އޭޝިއާ ގެ ޓޮޕް 50 ޔުނިވަރސިޓީ ތަކުގެ ލިސްޓިގައި ހިމެނޭ ޓެއިލަރސް ޔުނިވާސިޓީގެ 08 ޕްރޯގްރާމެއް ހިމެނެއެވެ. އޭގެ ތެރޭގައި ބެޗްލަރ އޮފް ކަލިނަރީ މެނޭޖްމަންޓާއި ބެޗްލަރ އޮފް މާސް ކޮމިއުނިކޭޝަންއާއި ބެޗްލަރ އޮފް އިންޓަރނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ހިމެނެއެވެ.
1- ވެސްޓް އޮފް އިންގްލެންޑްއާ ގުޅިގެން ގެންދަނީ:
2- ބީ.އެސް.ސީ އެކައުންޓިންގ އެންޑް ފައިނޭންސް،
3- ބީ.އޭ ބިޒްނަސް އެންޑް މެނޭޖްމަންޓް،
4- ބީ.އޭ ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް،
5- ބީ.އޭ ބިޒްނަސް މެނޭޖްމަންޓް ވިތު މާކެޓިންގ،
6- ބީ.އޭ ބިޒްނަސް އެންޑް ހިއުމަން ރިސޯސް މެނޭޖްމަންޓް،
7- ބީ.އެސް.ސީ ކޮމްޕިއުޓަރ ސައިންސް،
8- އެލް.އެލް.ބީ، ބީއެސްސީ ނާރސިންގ (އިންޓަނޭޝަނަލް)،
9- ބީއޭ އިންޓަނޭޝަނަލް ބިޒްނަސް މެނޭޖްމަންޓް (ޓޮޕް-އަޕް))

ވިލާ ކޮލެޖުން ބުނީ، އޭލެވެލް ނަތީޖާ އިން ޑިގްރީ ޕްރޮގްރާމް ތަކަށް ޝަރުތު ހަމަނުވާ ކުދިންނަށް ވިލާ ކޮލެޖުގެ ސެންޓާރ ފޮ ފައުންޑޭޝަން ސްޓަޑީޒްގެ ސެޓްފިކެޓް ލެވެލް 4 ގެ ކޯސް ތަކުގެ ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން މި އިންޓޭކް ގައި، ފަށާ އެ ކޮލެޖްގެ އަމިއްލަ ބައެއް ކޯސްތަކު ތެރޭގައި، ބެޗްލާރޒް އޮފް ޓީޗިންގެ ސައިންސް (ބެޗްލަރ އޮފް ޓީޗިންގ އިން ކެމިސްޓްރީ އެންޑް ފިޒިކްސް، ބެޗްލަރ އޮފް ޓީޗިންގ އިން ކެމިސްޓްރީ އެންޑް ބަޔޮލޮޖީ އަދި ބެޗްލަރ އޮފް ޓީޗިންގ އިން ފިޒިކްސް އެންޑް ބަޔޮލޮޖީ)، މެތަމެޓިކްސް، ބިޒްނަސް އަދި އެކައުންޓިންގެ ޕްރޮގްރާމް އާއި ފެންވަރު ރަނގަޅު ޝަރީޢަތާއި ޤާނޫނުގެ ޑިގުރީ(ބެޗްލަރ އޮފް ޝަރީއަތް އެންޑް ލޯ އަދި އެލް.އެލް.ބީ) ޕްރޮގްރާމްތައް ހިމެނެއެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަގްސަދުގައި، މަހަކު ދައްކަންޖެހޭ ފީ އިންސްޓޯލްމަންޓްއަށް ބަހާލައިގެން ދެއްކޭނެ ގޮތް ވަނީ އިންތިޒާމް ކޮށްފައެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެއެވެ.
advertisment
ހިޔާލު