މާލޭގެ 10 ސްކޫލެއް ހިމެނޭހެން 25 ސްކޫލެއްގައި ސްޓެމް އެޑިޔުކޭޝަން ފަށަން ކޮންސަލްޓެންޓުން ހޯދަން ތަޢުލީމީ ވުޒާރާއިން އިޢުލާން ކޮށްފިއެވެ.
ކޮންސަލްޓެންޓުން ހޯދަން އެ ވުޒާރާއިން މިއަދު އިއުލާން ކުރީ ވަކިވަކިން ކުރި ތިން އިއުލާނެއްގައެވެ. އިއްޔެ ކުރި ފުރަތަމަ އިއުލާނުގައި، ކޮންސަލްޓަންޓަކު ހޯދަނީ، ވ. ކެޔޮދޫ ސްކޫލާއި މ. އޭއީސީއާއި ފ. އޭއީސީއާއި ދ. އޭއީސީއާއި ތ. އޭއީސީއާއި ލ. އޭއީސީގައި ސްޓެމް އެޑިއުކޭޝަން ފެށުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ތަކަށެވެ.
ދެވަނަ އިއުލާނުގައި، ކޮންސަލްޓެންޓުން ހޯދަން އިޢުލާން ކޮށްފައި ވަނީ، ގއ. އޭއީސީ، ގދ. އޭއީސީ، ޏ. އޭއީސީ، ސ. ހިތަދޫ ސްކޫލް، ސ. އަތޮޅު މަދަރުސާ . އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގައި ސްޓެމް އެޑިއުކޭޝަން ފެށުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ތަކަށެވެ.

އެންމެ ފަހުން ކުރި އިއުލާނުގައި، ކޮންސަލްޓެންޓަކު ހޯދަނީ މާލޭގެ ދިހަ ސްކޫލުގެ އިތުރުން ކ. އަތޮޅު މަދަރުސާއާއި އއ. އުކުޅަހު ސްކޫލުގެ އިތުރުން އދ. އޭއީސީއެވެ. ސްޓެމް އެޑިޔުކޭޝަން ފަށަން ވެގެންނެވެ. ސްޓެމް އެޑިޔުކޭޝަން ފަށަން އިއުލާން ކޮށްފައިވާ މާލޭގެ ސްކޫލު ތަކަކީ:
1- ރެހެންދި ސްކޫލް
2- ޖަމާލުއްދީން ސްކޫލް
3- ކަލާފާނު ސްކޫލް
4- އަމީނިއްޔާ ސްކޫލް
5- މުޙްޔިއްދީން ސްކޫލް
6- ތާޖުއްދީން ސްކޫލް
7- މަޖީދިއްޔާ ސްކޫލް
8- ހުރަވީ ސްކޫލް
9- ދަރުމަވަންތަ ސްކޫލް
10- ޞަލާހުއްދީން ސްކޫލް
މީގެ ކުރިން ވަނީ ނ. އަތޮޅު ހޮޅުދޫގައި ހުންނަ މޭނާ ސްކޫލާއި ރ. ހުޅުދުއްފާރު ސްކޫލާއި ބ. އޭއީސީއާއި ޅ. އޭއީސީއާއި ހއ. އިހަވަންދޫ ސްކޫލާއި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލުގައި ސްޓެމް އެޑިޔުކޭޝަން ފަށަން ކޮންސަލްޓެންޓުން ހޯދަން އިއުލާން ކޮށްފައެވެ.
މިއީ ވޯލްޑް ބޭންކުގެ އެހީގައި ހިންގާ އެޓޯލްސް އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ސްޓެމް އެޑިޔުކޭޝަންއަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް އެއްކޮށްލައިގެން ކިޔަވައިދިނުމެވެ.
advertisment
ހިޔާލު