ދ. އަތޮޅު ޤުރުއާން މުބާރަތުން އެއްވަނަ ދ. އޭއީސީގެ އިލާފް އަޙްމަދު ޞަލާޙް ހޯދައިފިއެވެ. އޭނާ ވަނީ މުޅި މުބާރާތުން ނުބަލައި ކިޔުމުން އެއްވަނަ އަދި ކީ ސްޓޭޖް 5ން ނުބަލާ ކިޔުމުން އެއް ވަނަ ހޯދާފައެވެ. އެއްވަނައަށް އައި ދަރިވަރަށް އިނާމް ދެއްވީ ޝަރަފުވެރިމެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރެވެ.
މި މުބާރާތުން ދެ ވަނަ ހޯދީ، ދ. އަތޮޅު މަދަރުސާގެ މުޙައްމަދު ޚަލަފް ޙަސަން އަޙްމަދާއި އާލް އަޙްމަދު ސަޢީދެވެ. ޚަލަފް ވަނީ ބަލައިގެން ކިޔުމުން އެއްވަނަ ހޯދާފައެވެ. އާލް ވަނީ މުޅި މުބާރާތުން ބަލައިގެން ކިޔުމުން އެއްވަނަ ހޯދާފައެވެ. ތިން ވަނަ ހޯދީ ދ. އޭއީސީގެ ލީވާ އަޙްމަދު ޝަމްޢޫނާއި ރިނބުދޫ ސްކޫލުގެ އަޙްމަދު ޝާއިފް ޙަސަނެވެ. ލީވާ ވަނީ މުޅި މުބާރާތުން ނުބަލައި ކިޔުމުން ދެވަނަ އަދި ކީ ސްޓޭޖް 2ން ނުބަލައި ކިޔުމުން އެއްވަނަ ހޯދާފައެވެ. ޝާއިފް ވަނީ ބަލައިގެން ކިޔުމުން ދެވަނަ ހޯދާފައެވެ. އަދި ކީ ސްޓޭޖް 3ން ބަލައިގެން ކިޔުމުން އެއްވަނަ ވެސް ޝާއިފް ހޯދިއެވެ.
މި މުބާރާތުގައި ދ. އަތޮޅުގެ ހަ ސްކޫލަކުން ބައިވެރިވިއެވެ. މި މުބާރާތުގެ އެއްވަނަ ރަށަކަށް ހޮވުނީ ވެރިރަށް ކުޑަހުވަދޫއެވެ. ދެވަނަ މީދޫ ހޯދިއިރު، ތިން ވަނަ ލިބުނީ މާއެނބޫދޫއަށެވެ.
advertisment
ހިޔާލު