އިސްކަންދަރު ޕްރިންސިޕަލަކަށް މުޙައްމަދު ޝުކުރީ ހަމަޖައްސަވައިފިއެވެ.
ޝުކުރީ އެންމެ ފަހުން ހުންނެވީ ރ. މަޑުއްވަރީ ސްކޫލުގެ ޓީޗަރެއްގެ މަޤާމުގައެވެ.
އިސްކަންދަރު ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެއްސެވީ، އެ ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
އިސްކަންދަރު ސްކޫލަށް ޕްރިންސިޕަލެއް ހޯދަން ކުރި އިއުލާނާ ގުޅިގެން ފަސް ފަރާތަކުން ކުރިމަތި ލެެއްވިއެވެ.
ޝުކުރީ ވަނީ ގިނަ ސްކޫލްތަކެއްގައި ހެޑްމާސްޓަރެއްގެ އިތުރުން ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ހިތަދޫ ސްކޫލާއި އިހަވަންދޫ ސްކޫލާއި ހަނިމާދޫ ސްކޫލާއި މަރޮށީގައި ހުންނަ މަދަރަސަތުލް މުނައްވަރާއާއި ދުވާފަރު ޕްރީ ސްކޫލް ހިމެނެއެވެ.

ތަޢުލީމީ ދާއިރާއަށް ޝުކުރީ ނުކުންނެވީ 1997 ވަނަ އަހަރު އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި ރ. މަޑުއްވަރީ ސްކޫލުންނެވެ. އޭގެ ފަހުން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ހެޑްމާސްޓަރ ކޯސް ފުރިހަމަ ކުރެއްވީ 2002 ވަނަ އަހަރު އިންޑިޔާގެ މައިސޫރުންނެވެ. ދެން މަސައްކަތް ކުރެއްވީ އިހަވަންދޫ ސްކޫލާއި ހދ. އަތޮޅު މަދަރުސާގައެވެ. އޭގެ ފަހުން ޑިގްރީ ނިންމައި، ށ. އަތޮޅު މަރޮށީގައި ހުންނަ މަދަރަސަތުލް މުނައްވަރާއާއި ހުޅުދުއްފާރު ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ދެން ވަޑައިގެންނެވީ މާސްޓަރ ހެއްދެވުމަށް މެލޭޝިޔާގެ މަލާޔާ ޔުނިވަރސިޓީއަށެވެ. މާސްޓަރސްއަށްފަހު، އަލިފުށީ ސްކޫލާއި އައްޑޫ ސިޓީ ހިތަދޫ ސްކޫލާއި ރ. މަޑުއްވަރީ ސްކޫލުގެ އިތުރުން ދުވާފަރު ޕްރައިމަރީ ސްކޫލުގައި ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރެއްވިއެވެ.

ދަރިވަރު ނޫހަށް ޝުކުރީ ވިދާޅުވީ، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެ ވަޑައިގަންނަވަނީ، ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި 27 އަހަރުގެ ތަޖުރިބާއާއެކު އުއްމީދާއެކުގައި ކަމަށެވެ.
advertisment
ހިޔާލު