ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ޒުހުދު

ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ޒުހުދުއް ޙައްޤު، ހަމަޖައްސަވައިފިއެވެ.

ޒުހުދު އެންމެ ފަހުން ހުންނެވީ ޢިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަކަށެވެ.

ސީއެޗްއެސްއީގެ ޕްރިންސިޕަލަކަށް ޒުހުދު ހަމަޖެއްސެވީ، ސީއެޗްއެސްއީގެ ޕްރިންސިޕަލް އާއިޝަތު ސަފޫރާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

2008 ވަނަ އަހަރު ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވި ޒުހުދު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ދަރުމަވަންތަ ސްކޫލުގެ ހިސާބު ޓީޗަރަކަށެވެ. އިމާދުއްދީން ސްކޫލުގެ ލީޑންގ ޓީޗަރެއްގެ ގޮތުގައި 20211ވަނަ އަހަރުން 2021 ވަނަ އަހަރަށް މަސައްކަތް ކުރެއްވިއެވެ. އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވަން ފެއްޓެވީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

ޒުހުދު މާސްޓަރސް ހެއްދެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، އެޑިޔުކޭޝަނަލް މެނޭޖްމަންޓް ލީޑަރޝިޕްގެ ދާއިރާއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *