ކޯޑިންގ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރަނީ

ކޯޑިންގ ދާއިރާއިން 500 ޒުވާނުން ތަމްރީނު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިއީ ދުނިޔޭގެ ބާޒާރުގައި ވެސް މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލިއްޔަތު ދިވެހި ޒުވާނުންނަށް ހޯދައި ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.

ސޯޝަލް ކައުންސިލުން ހުށަހެޅި ކަރުދާހަށް ކެބިނެޓުން ނިންމާފައި ވަނީ ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސްޓޭންޑަޑްތަކަށް ފެތޭ ގޮތަށް ކޯޑިންގ އަދި ފައްނިއްޔާތުގެ ދާއިރާއިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާށެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ކޯޑިން އަދި ފައްނިއްޔާތުގެ ދާއިރާއިން ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ހުނަރު ތަރައްޤީކޮށް ދިނުމާއި ފައްނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާ ގުޅޭ ގޮތުން ގައުމީ ހަރަކާތެއް، ހެކަތޯނެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްޞީލެއް އޭނާ ނުދެއްވައެވެ. ކޯޑިންގ އާއި ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ހޯދައި ދިނުމަށް ޒުވާނުން ތަމްރީނު ކުރަން ކެބިނެޓްގައި މަޝްވަރާ ކުރެއްވީ ޔޫތް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *