މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންދެރި މަޝްރޫޢުގެ ދަށުން ލާމު އަތޮޅުގެ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަމަންޓަލް މެނޭޖްމަންޓް ނަމުގައި ކުރިއަށް ގެންދާ މި ސްކޮލަރޝިޕްގެ ކިޔެވުން ކުރިއަށް ގެންދަނީ ލ. ގަމުގައި ހުންނަ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހުންނެވެ. މި ކޯހުގެ މުއްދަތަކީ ދެ ސެމެސްޓަރއެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާއިން ހިލޭ ދޭ މި ސްކޮލަރޝިޕް ލ. އަތޮޅުގެ 15 ދަރިވަރުންނަށް ދޭން ނިންމާފާއިވާ ކަމަށެވެ. އަދި އެ ވުޒާރާއިން ބުނީ ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޮންމެ ދަރިވަރަކަށް ކޯހުގެ އެލަވަންސްގެ ގޮތުގައި މަހަކު 4500 ރުފިޔާ އިނާޔަތެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން އެސްޓެބްލިޝްމަންޓް އެލަވަންސްގެ ގޮތުގައި އެއް ހާސް ރުފިޔާއާއި ބުކް އެލަވަންސްގެ ގޮތުގައި ދެ ހާސް ރުފިޔާއާއި ޑިޕާޗަރ އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ވެސް މި ސްކޮލަރޝިޕްގެ ދަށުން ކިޔަވާ ކޮންމެ ދަރިވަރަކަށް ދޭނެ ކަމަށެވެ. މި ކޯހުގެ ފީއަކީ ދެ ސެމެސްޓަރއަށް 9،960 ރުފިޔާއެވެ.
މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން މި ސްކޮލަރޝިޕަށް ކުރިމަތިލާން ޖެހެއެވެ. ސްކޮލަރޝިޕާ ބެހޭ އިތުރު މައުލޫމާތު ލ. އަތޮޅުގައި ހުންނަ އެންދެރި އޮފީހުގެ ނަމްބަރު 7257321 ނަމްބަރުން ލިބޭނެ ކަމަށް އެ ތިމާވެއްޓާބެހޭ ވުޒާރާއިން ބުނެއެވެ.
advertisment
ހިޔާލު