30 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތް ފަށަނީ

ސްކޫލްތަކުގެ މަރާމާތަށް ބޭނުންވާ 30 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ތަޢުލީމީ ވުޒާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިވްސްއަށް ދެއްވި ބަސްދީގަތުމެއްގައި ތަޢުލީމީ ވަޒީރު އިސްމާއިލް ޝަފީޢު ވިދާޅުވެފައި ވަނީ ސްކޫލްތަކުގެ މަރާމާތަށް އެކަށީގެންވާ ބަޖެޓެއް ނެތުމުން އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، ހުރިހާ ސްކޫލެއްގެ ހާލަތު ދެނެގަނެވިފައިވާ ކަމަށާއި މަރާތަށް ބޭނުންވާ 30 މިލިޔަން ރުފިޔާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މަރާމާތު ކުރަން ޖެހޭ ސްކޫލްތަކަށް ފައިސާ ކަނޑައަޅައި، މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ވަޒީރު ވިދާޅުވެފައި ވަނީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސްކޫލުގައި ރައްކާތެރިކަމާއި ހިތްހަމަ ޖެހުމާއެކު ކިޔެވުމަށް ބޭނުންވާނެ ފަދަ ކަމެއް ނެތިފައި އޮތްނަމަ އެކަމެއް ހައްލުކުރުމަށް ކަމަށެވެ.

މާލެއާއި އަތޮޅުތެރޭގައި ހުއްޓިފައި ހުރިމަޝްރޫޢުތައް އަލުން ކުރިއަށް ގެންދަން ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 55 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށާއި، މިމަހުން ފެށިގެން ބާރު ދުވެލީގައި އެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *