ތަޢުލީމީ ދާއިރާގައި 22 އަހަރު މަސައްކަތް ކުރެއްވި، ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ލޯގަލް ގަވަރުމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީއަކަށް ހަމަޖައްސަވައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕީއެސްއަކަށް އަބްދުﷲ ރަޝީދު ހަމަޖައްސަވައި، ސިވިލްސާވިސް ކޮމިޝަނުން ވަނީ އެކަން އިޢުލާނު ވެސް ކޮށްފައެވެ.
ހުރަވީ ސްކޫލުގެ އިތުރުން، ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލާއި ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތޮއްޑޫ ސްކޫލުގެ ޕްރިންސިޕލެއްގެ ގޮތުން އަންދުﷲ ރަޝީދު މަސައްކައް ކުރެއްވިއެވެ. އޭގެ އިތުރުން ކ. އަތޮޅުމަދަރުސާގައި ހެޑްމާސްޓަރުކަމާއި، ހެޑް އޮފް ސްކޫލްގެ ހައިސިއްޔަތުން މަސައްކައް ކުރެއްވިއެވެ.
އަބްދުﷲ ރަޝީދު މާސްޓަރސް ހެއްދެވީ، އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީ (ވިލާ ކޮލެޖް)ންނެވެ. ބެޗްލާސް ޑިގްރީ ހެއްދެވީ ހިސާބާއި އިނގިރޭސި ލޭންގުއޭޖުން، އިންޑިޔާގެ ކްރިސްޓް ޔުނިވަރސިޓީންނެވެ. އަދި އިކޮނިމިކްސް، ޕޮލިޓިކަލް ސައިންސް އެންޑް ސޯސިއޮލޮޖީން ވެސް ބެޗްލާސް ޑިގްރީއެއް އެ ޔުނިވަރސިޓީން ހެއްދެވިއެވެ.
advertisment
ހިޔާލު