ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ އަދަބީ ކަލަންޑަރުގައި ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން

ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ކުރިއަށް ގެންދަނީ އިސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައެވެ.

އިސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ތިން ގިންތިއަކަށެވެ. އެއީ:

ހ. ދަށު ސާނަވީ ގިންތި  (ކީ ސްޓޭޖް 3)

ށ. ސާނަވީ ގިންތި  (ކީ ސްޓޭޖް 4)

ނ. މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

އަމިއްލަ ފަރާތްތަކުގެ ބައި ކުރިއަށް ގެންދަނީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރައަށެވެ.

ބަހުސް ކުރުމުގެ ބައި ހުޅުވާލާފައި ވަނީ 16 އަހަރުން މައްޗަށެވެ. ބަހުސް ކުރުމުގެ ބައިގައި ކުރިއަށް ގެންދަނީ އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކަށެވެ.

ދިވެހިބަހުގެ އެކެޑަމީން މި މުބާރާތް ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ ފެބުރުވަރީ 10އިން ފެށިގެންނެވެ. މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ އެކެޑަމީން ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާން ފޯމު ހުށައަޅަން ޖެހެނީ އަންނަ ފެބުރުވަރީ މަހުގެ އެއް ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *