އެލައިޑްގެ ތަޢުލީމީ ފަންޑުގެ އެހީ ހަ ސްކޫލަކަށް

އެލައިޑްގެ ތަޢުލީމީ ފަންޑުގެ އެހީ ހަ ސްކޫލަކަށް ދޭން ނިންމައިފިއެވެ. މިއީ ތަޢުލީމީ ނިޒާމު ހަރުދަނާ ކުރުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭ އެހީތަކެވެ.

އެ ކުންފުނިން ހުޅުވާލި ފުރުޞަތުގައި ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން އެހީ ދޭން ނިންމީ،

  • ށ. ފޯކައިދޫ ސްކޫލް – ސްޓަޑީ ބެންޗް ގާއިމްކުރުމަށް
  • ލ. މާމެންދޫ ސްކޫލް – ސްޓޫޑެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމު
  • ތ. ހިރިލަންދޫ ސްކޫލް – ސެން ކުދިންނަށް ކިޔަވައިދޭން ރަނގަޅު މާހައުލެއް ބިނާ ކުރުމަށް
  • ބ. އަތޮޅު އެޑިއުކޭޝަން ސެންޓާ، ބ. އޭދަފުށި – އޯޑިއޯ ވިޝުއަލް ރޫމް ތަރައްގީ ކުރުމަށް
  • މުހައްމަދު ޖަމާލުއްދީން ސްކޫލް، ޏ. ފުވައްމުލަށް – ލައިބްރަރީއަށް ފޮތް އިތުރުކުރުމަށް
  • މަދަރުސަތުލް އިފްތިތާހް، ޅ. ނައިފަރު – ބެލެނެވެރިންނަށް ލިޓަރަސީ ވޯކްޝޮޕެއް ކުރިއަށް ގެންދަން.

އެލައިޑްގެ ތައުލީމީ ފަންޑުން މިއިން ކޮންމެ ސްކޫލަކުން ހުށަހެޅި ޕްރޮޕޯސަލަށް 25،000 ރުފިޔާ ދޭނެއެވެ.

އެލައިޑްގެ ތަޢުލީމީ ފަންޑުގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަޅަން ހުޅިވާލީ، ސްކޫލްތަކުގެ ލައިބްރަރީ، ޓީޗިން ސްކޫލް، ލެބޯޓަރީ، ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުގެ ޕްރޮގްރާމްތަކަށެވެ.

އެލައިޑުން ބުނީ މި އަހަރު ވެސް ތަޢުލީމީ ފަންޑުން އެހީ ހޯދާން ބޭނުންވާ ސްކޫލްތަކަށް ފުރުޞަތު ހުޅުވާލާނެ ކަމަށެވެ.

އެލައިޑްގެ ކޮމިއުނިޓީ ފަންޑުން ވެސް ހަތަރު ޖަމިއްޔާއަކަށް، ކޮންމެ ޖަމިއްޔާއަކަށް 50،000 ގެ އެހީއެއް ވަނީ ދީފައެވެ. މި ފަހަރު އެހީދިން ޖަމިއްޔާ ތަކަކީ:

  • ޅ. ނައިފަރު، ނައިފަރު ޖުވެނައިލް – ނައިފަރުގައި ޕްލާސްޓިކް މަދު ކުރުމުގެ ޕްރޮގްރާމް
  • ށ. މިލަންދޫ، މިލަންދޫ ސްޕޯޓްސް ކްލަބް – ޖިމް ޓްރެއިނިން ޕްރޮގްރާމް
  • ވ. ކެޔޮދޫ، ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ – ކެޔޮދޫ ސްކޫލަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމަށް
  • ށ. ކަނޑިތީމު، ބްލޫ ގިލްޑް ފައުންޑޭޝަން – ސާފް ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *