އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް އަދުނާން

އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހަމަޖެއްސެވި އަދުނާން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން އަފީފުއްދީން ސްކޫލުން މަރުހަބާ ދަންނަވަނީ- ފޮޓޯ: އަފީފުއްދީން ސްކޫލް

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް އަދުނާން އަލީ ހަމަޖައްސަވައިފިއެވެ. އަދުނާނު އެންމެ ފަހުން ހުންނެވީ ހދ. ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލަކަށެވެ.

2007 ވަނަ އަހަރު ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވި އަދުނާން، 2012 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ޕްރިންސިޕަލެއްގެ މަޤާމް އަދާކުރައްވަމުންނެވެ. ށ ކޮމަންޑޫ އާއި ހދ ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން ހަނިމާދޫ ސްކޫލު ހިންގުމުގައި ވެސް އަދުނާން މަސައްކަތް ކުރައްވާފައިވެއެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ކަމުގައި އެންމެ ފަހުން ހުންނެވި ނާސިހާ އިދުރީސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވި ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލުގައި ހާހެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *