ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޑރ. ފަވާޒާއި ޑރ. ރަހީމާ

މިއަދު ބޭއްވި ރަސްމިއްޔާތުގައި (މެދުގައި)ޑރ، ރަހީމާއާއި ޑރ. ފަވާޒު. ދެ ބޭފުޅުންނަކީ ވެސް ޔުނިވަރސިޓީއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅުން- ފޮޓޯ: ރިޝްވާން މުހައްމަދު | ދަރިވަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނަށް ޑރ. އަލީ ފަވާޒު ޝަރީފާއި ޑރ. ރަހީމާ އަބްދުއް ރަހީމް އައްޔަންކޮށްފިއެވެ. ޑރ. އަލީ ފަވާޒު އައްޔަން ކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް އެފެއަރޒްގެ މަގާމަށެވެ. ޑރ. ރަހީމާ އަބްދުއްރަހީމް އައްޔަން ކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސަރޗް އެންޑް އެންޓަރޕްރައިސްގެ މަގާމަށެވެ.

ޤައުމީ ޔުނިވަރސިޓީގައި 12 އަހަރު ޚިދުމަތް ކުރެއްވި ޑރ. ފަވާޒު މީގެ ކުރިން ވެސް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ކަމާއި ޑެޕިއުޓީ ވައިސް ޗާންސެލަރުކަން ކުރެއްވިއެވެ.

ޑރ. ފަވާޒު ޕީއެޗްޑީ ހާޞިލް ކުރެއްވީ އިންފޮމޭޝަން ސިސްޓަމްގެ ދާއިރާއިންނެވެ.

ޑރ. ރަހީމާ ފައިތުވި ހަތް އަހރު ހުންނެވީ ޤައުމީ ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗްގެ މަޤާމުގައެވެ.

ޑރ. ރަހީމާ ޕީއެޗްޑީ ޙާޞިލުކުރެއްވީ ޕަބްލިކް ހެލްތްގެ ދާއިރާއިން، ކަރޓިން ޔުނިވަރސިޓީންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *