ނާއިޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

އިހި ނަގަން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު މުޙައްމަދު ނާއިޝް 18އ، ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ނައީޝް ހޯދަން ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ.

ނާއިޝް ހޯދަން، މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ޚަބެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އައްޑޫ ހައި ސްކޫލުގެ ގުރޭޑް 12ގައި ކިޔަވަމުންދާ ނާއިޝް މޫދަށް ގެއްލިގެން ހޯދަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:45 ހާއިރު، ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ނާއިޝްއާ އެކު އިތުރު ދެ ކުއްޖަކު ވެސް އިހި ނަގަން ގަމުގެ ދެކުނުގެ ފަރާތު މޫދަށް ފޭބިއެވެ. ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ އެ ކުދިންނެވެ. ނާއިޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *