"ރެހެންދި މާސްޓަރޕީސް" އާރޓް އެކްޒަބިޝަން ހުޅުވައިފި

ރެހެންދި ސްކޫލުގެ "މާސްޓަރޕީސް" އާރޓް އެގްޒަބިޝަން އިއްޔެ ހުޅުވައިފިއެވެ.

މި އެގްޒަބިޝަންގައި އެ ސްކޫލުގެ ކީ ސްޓޭޖް އެކެއް އަދި ދޭއްގެ ހަ ގުރޭޑްގެ 1440 ދަރިވަރުން ބައިވެރިވިއެވެ. މިފަހަރުގެ އެގްޒަބިޝަނުން ފެނުނީ އާރޓް، ކުރާފްޓް އަދި މޮޑެލް ބޭނުން ކޮށްގެން ދަރިވަރުންގެ ހިޔާލާއި އުފެއްދުންތެރި ވިސްނުން ބޭނުންކޮށްގެން ތަފާތު ދާއިރާތަކަށް ބޭނުންކުރެވޭގޮތަށް ދަރިވަރުން ހުށަހަޅައިދިން އުފެއްދުންތަކެވެ.

ހުރިހާ ދަރިވަރުންނަށް ވެސް ހަމަހަމަ އުސޫލަކުން މި އެގްޒިބިޝަންގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވުނު ކަމަށް ރެހެންދި ސްކޫލުން ބުނެއެވެ. މީގެ ތެރޭގައި ސްކޫލްގެ ޙާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފުރުޞަތު ދެވި، އެދަރިވަރުންގެ އާރޓް ވޯކްއާއި ކްރާފްޓް އަދި މޮޑެލްތައް ވެސް މި މައުރަޒުގައި ބައިވެރިކޮށްފައި ވެއެވެ.

ރެހެންދި ސްކޫލުން ބުނީ، މި އެގްޒިބިޝަންގެ މަޤްސަދަކީ ދަރިވަރުންގެ ކިބައިގައި އާރޓް އެންޑް ކުރާފްޓްއަށް ލޯބި ޖެއްސުމާއީ، ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމާއި އެކު އުފެއްދުންތެރި ދަރިވަރުން ތަކަކަށް ހެދުން ކަމަށެވެ.

މޮޑެލް ތައްޔާރު ކުރުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްފައި ހުރުމާއި އަދި ފަލަސްތީންގެ މައްސަލައަށް ދަރިވަރުންގެ ސަމާލުކަން ލިބިފައިވާ މިންވަރު މި އެގްޒަބިޝަންގެ ބައެއް ސްޓޯލްތަކުން ފެނިގެން ދިޔައެވެ. މީގެ ތެރޭގައި މަސްޖިދުލް އަޤްސާ އަދި ފަލަސްތީންގެ ދިދަ ދަރިވަރުންގެ މަސައްކަތްތަކުން ފެންނަން ހުއްޓެވެ.

ރެހެންދި ސްކޫލުން ބުނީ، އެގްޒިބިޝަންގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާއިރު، ދުރާލާ ތައްޔާރުވެ ޝައުޤުވެރިކަމާއި އެކު ތަކެތި ހުށަހަޅާފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި

ބެލެނިވެރިންގެ އެހީތެރިކަމާ އެކު ދަރިވަރުން ތަފާތު ދާއިރާތަކުން ކޮރާފްޓް، މޮޑެލް އަދި އާރޓްގެ މަސައްކަތްތައް ތައްޔާރުކޮށް ހުށަހަޅާފައިވާ ކަން ވެސް އެ ސްކޫލުން ފާހަގަ ކުރެއެވެ.

ރެހެންދި ސްކޫލުން ބުނީ، މި އެގްޒަބިޝަންގައި، ކޮންމެ ކުލާހަކުން، ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު 5 ދަރިވަރުންނާއި ކޮންމެ ގުރޭޑަކުންނާއި ކޮންމެ ކެޓަގަރީ އަކުން ވެސް އެންމެ މޮޅު 10 ދަރިވަރުން ހޮވާފައިވާ ކަމަށެވެ.

މިއީ ތިން ކެޓަގަރީ އެއްކޮށް ހުޅުވާލައިގެން ރެހެންދި ސްކޫލުން ބާއްވާ ފުރަތަމަ އެގްޒިބިޝަނެވެ. ކުރެހުމާއި ރީސައިކަލް ކުރެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މައުރަޒުތައް މީގެ ކުރިން ދަރިވަރުންނަށް ބާއްވާފައި ވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *