ސީއެޗްއެސްއީއާއި އިސްކަންދަރަށް ޕްރިންސިޕަލުން ހޯދަނީ

 

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނާއި  އިސްކަންދަރު ސްކޫލަށް ޕްރިންސިޕަލުން ހޯދަން އިޢުލާން ކޮށްފިއެވެ. އެ ދެ ސޫލަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކުރީ، ސީއެޗްއެސްއީގެ ޕްރިންސިޕަލް ކަމުގައި ހުންނެވި އާއިޝަތު ސަފޫރާއާއި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވި ހުސައިން ސަޢީދު ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ތަޢުލީމީ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ދެ ސްކޫލަށް ހޯދާ ޕްރިންސިޕަލުންގެ ޝަރުޠު ތަކުގެ ތެރޭގައި ރޭންކް އެކެއްގެ ޕްރިންސިޕަލެއްގެ ޝަރުޠަކީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ. ނޫނީ ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

ރޭންކު ދޭއްގެ ޝަރުޠެއް ކަމަށް ބުނެފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.. ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ..

ކިޔަވައިދިނުމުގެ ތަޖުރިބާގެ ގޮތުގައި ބުނެފައި ވަނީ، ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކަންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދީފައިވުމެވެ.

ހިންގުމުގެ ދާއިރާގެ ތަޖުރިބާ ގޮތުގައި ބުނެފައި ވަނީ، ތަޢުލީމާބެހޭ، ނޫނީ މަތީ ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ، މަތީ ތަޢުލީމުދޭ އިދާރާއެއްގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތަށް ކޮށްފައި ވުމެވެ. މީގެ ތަރޭގައި ލީޑިންގ ޓީޗަރުގެ ޒިންމާވެސް ހިމެނޭ ކަމަށް ތައުލީމީ ވުޒާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެއްވަނަ ރޭންކުގެ ޕްރިންސިޕަލެއް ނަމަ، އަސާސީ މުސާރައަކީ 16647 ރުފިޔާއެވެ. މަޤާމުގެ އަލަވަންސަކަށް 9534 ރުފިޔާ ލިބޭއިރު، ހާޒިރީ އެލަވަންސަކަށް ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބެއެވެ.

ދެވަނަ ރޭންކުގެ ޕްރިންސިޕަލެއް ނަމަ، އަސާސީ މުސާރައަކީ 17985 ރުފިޔާއެވެ. މަޤާމުގެ އަލަވަންސަކަށް 10300 ރުފިޔާ ލިބޭއިރު، ނުކުންނަ ކޮންމެ ދުވަހަކަށް 279 ރުފިޔާ ހާޒިރީ އެލަވަންސަކަށް ލިބެއެވެ.

މި ދެ މަޤާމަށް އެދި މި މަހުގެ 26 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.

ޕްރިންސިޕަލަކު ހޮވުމުގައި ބަލާނެ މިންގަޑު އާންމުކޮށްފައިވާއިރު، އެންމެ ގިނަ މާކްސް ލިބެނީ އިންޓަވިއުއަށެވެ. އެބަޔަށް 40 އިންސްތަ ހުށަހަޅާފައިވާއިރު، އަސާސީ ޝަރުޠުތަކަށް 25އާއި 30 އިންސައްތަ ހުށަހަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *