ސްކޫލުތަކުގެ ދަރިވަރުން ހިޖާބު އެޅުން ސިޔާސަތެއްގެ ގޮތުގައި ތަންފީޒު ކުރުމަށް އެޑިޔުޔުކޭޝަން މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރު ޚަބަރު އެ މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.
އެ ޚަބަރާ ގުޅިގެން، ދަރިވަރު ނޫހަށް، ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު މިއަދު ހަވީރު ވިދާޅުވީ، ސްކޫލް ޔުނީފޯމްއަށް ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަޤީޤތެއް ނެތް ވާހަކައެއް ކަމަށެވެ. އެފަދަ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
" އެއީ ކަނޑައެޅިގެން ދޮގެއް. އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކައެއް ނޫން" ވަޒީރު ޝަފީޢު ވިދާޅުވިއެވެ.
ސްކޫލްތަކުގެ ދަރިވަރުންނާ ގުޅުން ހުރި އެފަދަ މައްސަލަތަކުގެ ވާހަކައިގެ ހަޤީގަތް ނުބަލައި ނުފެތުރުމަށް ޑރ. ޝަފީޢު ވަނީ އިލްތިމާސް ކުރައްވާފައެވެ.
advertisment
ހިޔާލު