އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް މަޤާމުގައި ހުންނެވި ހުސައިން ސައީދު، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަން ކުރައްވައިފިއެވެ.

ޓީޗިން ދާއިރާއިން ފުރަތަމަ ޑިގްރީ އަދި އެޑިއުކޭޝަން މެނޭޖްމަންޓް އިން މާސްޓާސް ހާސިލްކުރައްވައިފައިވާ ހުސައިން ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި 25 އަހަރު ދުވަހުގެ ތެރޭގައި އިސްކަންދަރު ސްކޫލުގެ އިތުރުން އެހެން ސްކޫލްތަކެއްގައި ވެސް ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލާއި ރަސްދޫ ސްކޫލް ހިމެނެއެވެ. އިންކަންދަރު ސްކޫލުގެ ޕްރިންސިޕަލަކަށް ވަޑައިގެންނެވީ މީގެ ތޭރަ އަހަރު ކުރިންނެވެ.

ހުސައިން ސަޢީދު ވަނީ، ތައުލީމީ ދާއިރާގެ އިތުރުން، އައްޑުއާއި މާލެ އަތޮޅުގެ އިތުރުން އއ. އަތޮޅުގެ ވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *