ވިލާ ކޮލެޖު ގައި ފަށާ ކޯސްތަކުގެ މައުލޫމާތު ދޭން، ހުކުރު ދުވަހު "އޯޕަން ޑޭ" އެއް ބާއްވަނީ
ވިލާ ކޮލެޖުގެ ގޯތި ތެރޭގައި، އޯޕަންޑޭގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00އަށެވެ. މި ހަރަކާތްތަކުގައި، އެ ކޮލެޖްގެ ކޯސް ތަކުގެ މަޢުލޫމާތު ދިނުމާއި ކިޔަވައިދެއްވާ ލެކްޗަރާއިންނާއި އެހާރާއި މިހާރުގެ ދަރިވަރުންނާ ބައްދަލުކޮށް އެ ދަރިވަރުންގެ ތަޖުރިބާ ހިއްސާކޮށްލުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ކޯސްތަކަށް ވަނުމަށް އެޕްލިކޭޝަން ހުށަހެޅުމާއި، ވަގުތުން ކޯހަށް ހޮވުނުކަމުގެ ލިޔުން އަދި ކޯހަށް ރަޖިސްޓްރީ ވެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މި "އޯޕަން ޑޭ" ގެ ތެރެއިން ތަފާތު ކުޅިވަރު ހަރަކާތްތަކާއި އަދި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ނަސީބު ވެރި ފަރާތަކަށް ޚާއްސަ އިނާމެއް ދޭން ވެސް ވަނީ ނިންމާފައެވެ.
އަދި މީގެ އިތުރުން ވިލާ ކޮލެޖުގެ އިންޑަސްޓްރީ ޕަރޓްނަރުންނާ ގުޅިގެން ހިންގާ ކެރިއަރ ފެއަރ ގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ވަޒީފާގެ ފުރުސަތުތައް ވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.
މި އޯޕަންޑޭގައި ވިލާ ކޮލެޖުން ހިންގާ ކްލާސްތަކުގެ ތެރެއިން ބައެއް ކްލާސްތައް ތަޖުރިބާ ކޮށްލުމަށްޓަކައި ހިލޭ ބައިވެރިވެވޭ "ޑެމޯ ކްލާސް" ތަކާއި ވިލާ ކޮލެޖުގެ ދަރިވަރުންނަށް ހުރި ވަސީލަތްތައް ބާއްލަވާލެއްވުމުގެ ފުރުސަތުވެސް އޯޕަންޑޭއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބައްލަވާލެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި ޑެމޯ ކްލާސް ތަކުތެރެއިން ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްއުން، ސެލްފް އެސްޓީމް، ރިސާރޗް އަދި ބަޔޮލޮޖިކަލް ސައިކޮލޮޖީ އަދި ޖެނެރަލް މެތްމެޓިކްސް ހިމެނިގެން ދާނެއެވެ. މީގެ އިތުރުން ފެކަލްޓީ އޮފް އިންޖިނިއަރިންގެ، ސެންސިން ދަ ވޯލްޑް: ސެންސާރޒް އިން ޑޭ ޓު ޑޭ ލައިފް، އާރޑުއިނޯ އޯސަމްނަސް: ޑައިވް އިންޓު ރޮބޮޓިކްސް، އިންޖިނިއަރިން ސިމިއުލޭޝަން އަދި މެކޭނިކަލް ލެބް އެކްސްޕީރިއަންސް މި ޑެމޯ ކްލާސް ތަކުން ލިބިގެން ދާނެ އެވެ.
advertisment
ހިޔާލު