ރިނބިދޫ ސްކޫލުގެ ޕްރިންސިޕަލަކަށް މުހައްމަދު ވަހީދު

ދ. ރިނބިދޫ ސްކޫލުގެ ޕްރިންސިޕަލަކަށް މުޙައްމަދު ވަހީދު އަބްދުއް ރަހުމާން ހަމަޖައްސައިފިއެވެ.

މުޙައްމަދު ވަހީދު ކުރިން ހުންނެވީ ތ. ކަނޑޫދޫ ސްކޫލުގެ ޕްރިންސަލަކަށެވެ. އެ ސްކޫލުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރެއްވިއެވެ.

ދަރިވަރު ނޫހަށް މުޙައްމަދު ވަހީދު އަބްދުއް ރަހުމާން ވިދާޅުވީ، އެ ސްކޫލުގެ ހާލަތު މި ވަގުތު ވަރަށް ދަށް ކަމަށާއި ރަށުކައުންސިލް ހިމެނޭހެން ހުރިހާ މުއައްސަސާތައް ގުޅިގެން ދަރިވަރުންނަށް ފަހި މާހައުލެއް ޤާއިމް ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން އެ ރަށުގެ މުއައްސަސާތަކާއި އެޑިޔުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު ބަދަލުތަކެއް ގެނެވޭނެ ކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.

"މި ވަގުތު ސްކޫލުގައި އޮތީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ނޫން. އުމްރާނީ ގޮތުން ވެސް ގިނަ މަސައްކަތެއް ކުރަންޖެހޭ" ޕްރިންސިޕަލް ވިދާޅުވިއެވެ.

މުޙައްމަދު ވަހީދު، ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ 15 އަހަރުވެއްޖެއެވެ. ރިސަރޗްގެ ދާއިރާއިން މާސްޓަރސް ހެއްދެވީ ޗައިނާގައެވެ. ތީސީސް ބިނާކުރެއްވީ ކުދި އާބާދީތަކުގައި ހުންނަ ސްކޫލްތައް ހިންގުމުގައި ޕްރިންސިޕަލުންގެ ދައުރާއި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމާ ގުޅޭ ގޮތުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *