ގުރޭޑް 10ން މަތީގެ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދެން ހުޅުވާލައިފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައި ވަނީ، އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގުރޭޑް 10ން މަތީގެ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވައި، ނަމާދުގެ ފިޤުޙްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދޭނީ އެ ވުޒާރާއިން ޤާއިމް ކޮށްފައިވާ އިލެކްޓޯރޯނިކް ފޯމު މެދުވެރިކޮށެވެ.
ފޯމު ހުށަހަޅާއިރު، ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި ސްކޫލެއްގައި އުޅޭނަމަ އެ ސްކޫލެއްގެ ލިޔުމާއި ޤުރުއާން މުބާރާތުން ވަނަ ލިބިފައިވާނަ ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީއާއި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހެއެވެ. މި ކަމަށް އެދޭ ދަރިވަރުން އަންނަ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުދިން ހުށަހެޅުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިޢުލާނުގައި ބުނެފައިވެއެވެ.
advertisment
ހިޔާލު