ދަރިވަރުންގެ އުނގެނުމަށާއި ސްކޫލުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދަން ކިހާދޫ ސްކޫލުގެޕީޓީއޭއިން އިންތިޒާމް ކުރި "ދިވެހި ސުފުރާ"އިން 308،409ރުފިޔާ ހޯދައިފިއެވެ.
ދިވެހި ސަޤާފީ އެތައް ބާވަތެއްގެ ކެއުން ހިމަނައިގެން ކުރިއަށް ގެންދާ މި ސުފުރާއަކީ ކޮންމެ އަހަރަކު ވެސް އެ ރަށަށް އަންނަ އީދެކެވެ.
ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވީ، ކުރީ އަހަރުތަކާ އަޅާބަލާއިރު، "ދިވެހި ސުފުރާ" އަށް ތިން ލައްކައެއްހާ ރުފިޔާ ލިބުމަކީ އެއީ އެ ކުޑަ އާބާދީއަށް ބޮޑު އަދަދެއް ކަމަށެވެ. އެކަމަށްޓަކައި އެ ރަށުގެ ހުރިހާ ރައްޔިތުންނާއި އެ ސުފުރާގައި ބައިވެރިވި ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

"ދިވެހި ސުފުރާ" ގެ ނަމުގައި ޑިނަރނައިޓެއް ބާއްވަން އެ ސްކޫލުން ފެށީ 2010 ވަނަ އަހަރުން ފެށިގެންނެވެ. ކޮވިޑާ ގުޅިގެން ދެ އަހަރު މެދުކެނޑިފައި އޮތުމަށްފަހު ފެށީ މިދިޔަ އަހަރުއެވެ.
"ދިވެހި ސުފުރާ" ގައި ބައިވެރިވުމަށް ބ. އަތޮޅުގެ ރިސޯޓްތަކަށް އެ ސްކޫލުން ކޮންމެ އަހަރަކު ވެސް ދައުވަތު ދެއެވެ. އޭގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ކިހާދޫ ސްކޫލުން ބުނެއެވެ. މި ފަހަރު ހާހެއްހާ ޓިކެޓް ވިކިފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.
" ދިވެހި ސުފުރާ" އެ ސްކޫލުން ކުރިއަށް ގެންދާއިރު، ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކުގެ ސްޓޯލްތަކުން އެތަކެތި ގަނެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުރެއެވެ.
advertisment
ހިޔާލު