އއ. އަތޮޅު މަދަރުސާގެ 8 އާއި 9ގެ ދަރިވަރުންގެ ފުރަތަމަ ރިސޯޓް މައިދާނީ ތަޖުރިބާ މޫފުށިން

އއ. ފެރިދޫގައި ހުންނަ އެ އަތޮޅު މަދަރުސާގެ ގުރޭޑް 8 އަދި 9 ގެ ޓްރެވަލް އެންޑް ޓޫރިޒަމާއި ސޯޝަލް ސްޓަޑީޒް ކިޔަވާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން ކޮންސްޓެންސް މޫފުށި މޯލްޑިވްސް ރިސޯޓަށް ދަތުރެއް ކޮށްފިއެވެ. މިއީ އަމަލީ ގޮތުން މި ދަރިވަރުން ރިސޯޓެއްގެ ތަޖުރިބާ ހޯދަން ކުރި ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ދެ ގުރޭޑުން 22 ދަރިވަރުން ބައިވެރިވިއެވެ.

މި ދަތުރު އިންތިޒާމްކޮށް، ހުރިހާ ޚަރަދެއް ހަމަޖައްސައި ދިނީ މޫފުށި ރިސޯޓް ގުޅިގެން ފެރިދޫގެ ތަރައްޤީއަށް އިޖްތިމާއީ އެތައް މަސައްކަތެއް ކުރަމުން އަންނަ ނިއު ޔޫތު ޑިވެލޮޕްމަންޓުންނެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ސައުސަން ދަރިވަރު ނޫހަށް ވިދާޅުވީ، އެ ރިސޯޓުގައި ދެމެހެއްޓެނިވި އުސޫލުތައް ތަންފީޒު ކުރަމުންދާ ގޮތް ދަރިވަރުން ބަލައި، ދެނެގަންފައިވާ ކަމަށެވެ.

" މިއީ އަޅުގަނޑުމެންގެ ދަރިވަރުންނަށް ލިބުނު މިފަދަ ފުރަތަމަ ތަޖުރިބާ. ދަރިވަރުންނަށް މުހިންމު މައުލޫމާތު ތަކެއް ލިބުނީ" ސައުސަން ވިދާޅުވިއެވެ.

އއ. އަތޮޅު މަދަރުސާގެ ދަރިވަރުން ވަނީ މޫފުށީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނުން މަސައްކަތް ކުރިއަށް ގެންދާގޮތް ބަލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *