ދެ ވަނަ ޓާމުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ޤައުމީ ސަލާމުން ފަށަނީ

ދެ ވަނަ ޓާމުން ފެށިގެން ސްކޫލްތަކުގެ ކިޔެވުން ޤައުމީ ސަލާމުން ފަށަން ސަރުކާރުން ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މުހިންމު ނިންމުންތަކެއް ނޫސްވެރިންނާ ހިއްސާ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުއިއްޒު ވިދާޅުވީ، އެ ނިންމުން ނިންމެވީ، ގައުމީ ލަވަ އާއި ގައުމީ ދިދަ އާއި ގައުމިއްޔަތަށް ޅަ އުމުރުގައި ލޯބި ޖެއްސެވުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ، ޤައުމީ ސަލާމް ކިޔަން ފެށުމުން، އޭގައި ކިޔާ އެއްޗެއްގެ މާނަ ދަސްވެ އެއަށް ލޯބިކޮށް ހިތްޖެއްސޭނެ ކަމަށެވެ.

މިހާރު ބައެއް ސްކޫލުތަކުގައި ސްކޫލްގެ ދަންފަޅިތައް ފަށަނީ އެ ސްކޫލެއްގެ ލަވައިންނެވެ. ބައެއް ސްކޫލްތަކުގައި ސްކޫލްގެ ލަވައިގެ ކުރިން ޤައުމީ ސަލާމްވެސް ކިޔައެވެ.

ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ގިނަ ކަންތައްތަކެއް ސަރުކާރުން ރާވާފައިވާއިރު، ބައެއް ކުންފުނިތަކުގެ މަސައްކަތް ފަށަނީ ވެސް ޤައުމީ ސަލާމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *