ޕިޓީއޭގެ އެހީގައި ރެހެންދި ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ޒަމާނީ ހިޔާއެއް

ރެހެންދި ސްކޫލުގެ ބޭރުގައި ޒަމާނީ ހިޔާއެއް ހެދުމުގެ މަސައްކަތް އެ ސްކޫލުގެ ޕީޓީއޭއިން ފަށައިފިއެވެ. މިއީ ދަރިވަރުންނާއި ބެލެނިވެރިންނަށް ރެހެންދި ސްކޫލުގެ ޕީޓީއޭއިން ދިން ހަދިޔާ އެކެވެ.

މިއީ، ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލަށް، ކުދިން ގެންގޮސް، ބަލައި ދާ ބެލެނިވެރިން އަވީގައި މަޑުކުރަން ޖެހޭތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ޕީޓީއޭއިން ފެށި މަސައްކަތެއް ކަމަށް ރެހެންދި ސްކޫލުން ބުނެއެވެ. ހިޔާއަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނައީ ރާއްޖެއިން ބޭރުން ހައްދައިގެންނެވެ. ހިޔާގެ އޮނިގަނޑު ރޭވުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނައިރު އެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަނީ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށް ރެހެންދި ސްކޫލުން ބުނެއެވެ.

ދުވިސައްތައެއްހާ ފޫޓް ދިގު މި ހިޔާގެ ހުރިހާ ޚަރަދެއް ކުރަނީ ޕީޓީއޭއިންނެވެ. މި ހިޔާގެ އޮނިގަނޑަށް އެކަނި ފަސް ލައްކައެއްހާ ރުފިޔާ ޚަރަދުވެފައިވާ ކަމަށް ރެހެންދި ސްކޫލުން ބުނެއެވެ.

" މިއީ ބެލެނިވެރިންގެ ޒަމާންވީ ޝަކުވާތަކަށް އަންނަ ނިމުމެއް. އެމީހުންނަށް ލިބޭ ފިނިކަމެއް" ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ވިދާޅުވިއެވެ. " މީގެ ފަހުން ބެލެނިވެރިން އަވީގައި ތިބެން ނުޖެހޭނެ. އެކަން ނިމުމަކަށް މި އަންނަނީ"

2500 ދަރިވަރުން ކިޔަވަމުން އަންނަ ރެހްންދި ސްކޫލުގެ ޕީޓީއޭއިން އަންނަނީ އެ ސްކޫލުގެ ތަރައްޤީއަށާއި ދަރިވަރުންގެ ކިޔެވުމަށް ބޭނުންވާ ކަންތައްތަކުގައި ބޮޑެތި އެހީތަކެއް ވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *