އެމްއެންޔޫގެ ފަހި ދުވަސް މި މަހު 16 ވަނަ ދުވަހު، އާޓިފިޝަލް ބީޗްގައި

އެމްއެންޔޫގެ ފަހި ދުވަސް މި މަހު 16 ވަނަ ދުވަހު، އާޓިފިޝަލް ބީޗްގައި ބާއްވަން ނިންމައިފިއެވެ.

އެމްއެންޔޫއިން ބުނީ، މި ހަރަކާތް އެ ދުވަހު ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10އަށް ކުރިއަށްދާއިރު، އެ ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާ ބެހޭ މައުލޫމަތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި އޭލެވެލް ނިންމާފައިވާ ދަރިވަރުންނާއި އަދި މަތީ ތަޢުލީމަށް ދާން ބޭނުންވާ ފަރާތްތަކަށް، އެ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލު ލެކްޗަރާއިންނާއެކު އެތައް ދާއިރާ ތަކުން ތަޢުލީމާއި ތަމްރީނުގެ ފްރޮގްރާމް ތަކެއް ހިންގަމުންދާ ޔުނިވަރސިޓީއެކެވެ. ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރުން، އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭ މައުލޫމާތާއި، މަތީ ތަޢުލީމު ޙާޞިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މައުލޫމާތު، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހިއްސާ ކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ ފަހި ދުވަހު މައުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ބަހާއި އިންސާނީ ޢިލްމްތަކުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އިންޖިނިއަރިންގ ދާއިރާ، ސިއްޙީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ފަތުރުވެރިކަމާއި މެހުމާންދާރީގެ ދާއިރާ، ދީނީ ޢިލްމްގެ ދާއިރާ، ސައިންސްގެ ދާއިރާ، ޝަރީއަތާއި ޤާނޫނުގެ ދާއިރާ، ނިޔެމި ކަމުގެ ދާއިރާ، އަދި ފައުންޑޭޝަން ކޯސްތަކުގެ ދާއިރާ ހިމެނޭ ކަމަށެވެ.

އެމްއެންޔޫގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ 2:00 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *