ދަނޑުވެރިކަމުގެ ކޯސްތައް ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
ދަރިވަރު ނޫހަށް މިދިޔަ ހަފްތާގައި ދެއްވި ބަސްދީގަތުމެއްގައި ވައިސް ޗާންސެލަރު، ޑރ. ޢާއިޝަތު ޝެހެނާޒު އާދަމް ވިދާޅުވީ، އެ ޔުނިވަރސިޓީން އަލަށް ފަށާ، ދަނޑުވެރިކަމުގެ ކޯސްތައް އަންނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔަވަން ފަށާއިރު، އެ ކޯސްތަކުގެ ކިޔެވުން ވެސް ފެށޭވަރަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ދަނޑުވެރިކަމުގެ ކޯސްތައް ފަރުމާކޮށް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ދަނޑުވެރިކަމުގެ ޑިގްރީ ކޯސްތައް ފަރުމާ ކުރުމުގެ މަސައްކަތެވެ.
އެ މަސައްކަތް ކުރުމަށް ޕާކިސްތާނުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ އަލަށް ފަށާ ކޯސްތަކަށް ވަތީ، އެ ދާއިރާއިން ކިޔެވުމަށް ދަރިވަރުންގެ ޝަޢުޤުވެރިކަން އުފައްދަން ވެސް ޖެހޭ ކަމަށެވެ.
advertisment
ހިޔާލު