ކޮންމެ ދަރިވަރަކު ވެސް "ޔުނިފޯމް ސާވިސް" އެއްގައި ކޮންމެ ވެސް މިންވަރެއްގެ ޚިދުމަތެއް ކޮށްދިނުމަށް ދާޚިލީ ސާލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ 2021-2022 ވަނަ އަހަރުގެ ޢިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވަޒީރު އެދިވަޑައިގަތީ ކޮންމެ ފަދަ ވަޒީފާއެއް އަދާކުރިޔަސް، ކޮންމެވެސް އިރަކު ޔުނިފޯމް ސާވިސްއެއްގައި މަސައްކަތް ކޮށްދިނުމަށެވެ.
" ދިވެހިފުލުހުންގެ ތެރޭގައި ކަސްޓަމްސްގެ ތެރޭގައި އިމިގްރޭޝަން ތެރޭގައި ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ ތެރޭގައި، ކޮންމެވެސް ވަރެއްގެ ޚިދުމަތެއް ކޮށްދިނުމަށް ނަސޭހަތްތެރިވަން" އިޙްސާ ވިދާޅުވިއެވެ.
" ދެ އަހަރު، ފަސް އަހަރު، މައްސަލައެއް ނޫން" "ޔުނިފޯމް ސާވިސް" އެއްގައި ޚިދުމަތް ކުރުން މުހިންމުކަން އިޝާރާތް ކުރައްވައި އިޙްޞާން ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ ޔުނީފޯމް ސާވިސްއެއްގައި މަސައްކަތް ކުރުމުން، ދިރިއުޅުން ބައްޓަން ކުރުމުގައި އޭގެ ފައިދާ، އެ މީހަކަށް ފެންނާނެ ކަމަށެވެ.
" ތިޔަކުދިން ބައްޓަން ކުރުމުގައި ޝޭޕް ކުރުމުގައި އެހީވާނެ. ކޮންމެ ވަޒީފާއަކަށް ދިޔަސް އުޅެން އެނގޭނެ. މީހުންނާ އެކީ ފައިހަމަކޮށްފައި އެއްސީދަލަކަށް ހިނގަން އެނގޭނެ. މީހުންނާ ގުޅެން އެނގޭނެ، މަޝްވަރާ ދޭން އެނގޭނެ. ޓީމް ވޯކް އޮންނާނެ، ލީޑަރޝިޕް ސްކިލްސް ޑިވެލޮޕްވާނެ"
އިޙްސާން ވިދާޅުވީ ކޮންމެ ކުއްޖަކު، ކޮންމެ މީހަކު، ޤައުމީ މުހިންމު ބަހާތަކުގައި ހިފަހައްޓަން ޖެހޭނެ ކަމަށާއި ޤައުމީ ދިދައާއި ޤައުމީ ލަވައާއި ޤައުމީ ނިޝާނަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޤައުމު ހިންގަން ތިބޭ ބަޔަކަށް އިހްތިރާމް ކުރަންޖެހޭނެ ބަޔަކަށް ވެސް ވާންޖެހޭ ކަމަށެވެ.
advertisment
ހިޔާލު