ރިސޯޓްތަކުގައި މަސައްކަތް ކުރާ ސްޕަވައިޒަރުންނާއި މެނޭޖްމަންޓް ލެވެލްއަށް ޚާއްޞަ ލީޑަރޝިޕް ކޯހެއް ފަށަން ޤައުމީ ޔުނިވަރސިޓީން ތައްޔާރު ވެއްޖެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ، ޕްރޮފެޝަނަލް ސެޓިފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ލީޑަރޝިޕް" ނަމުގައި ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ކޯސް ފަށާނީ އަންނަ އަހަރުގެ ފުރަތަމަ ޓާރމްގައި ކަމަށެވެ. މިއީ އެމްކިޔުއޭ އިން އެޕްރޫވް ކޮށްފައިވާ ލެވެލް ފަހެއްގެ ކޯހެކެވެ.
ކޯހާ ބެހޭ މައުލޫމާތު ދިނުމަށް އޮންލައިން ބައްދަލުވުމެއް ޑިސެމްބަރު 14 ގައި ބާއްވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެމްއެންޔޫއިން ބުނީ، ޕްރޮފެޝަނަލް ސެޓްފިކެޓް ފޮރ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑަރޝިޕް ކޯހަކީ، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްމަޤާމުތަކަށް ދާން ބޭނުންވާ މަތީ ހުނަރާއި ސްޓްރެޓެޖިކް ވިސްނުންތައްް، އެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ.
advertisment
ހިޔާލު