ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)ގައި ކިޔަވާ ދަރިވަރުންނަށް، ފިނޮޅު ސީސައިޑް ރިސޯޓުގައި މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ ޢާއިޝަތު ޝެހެނާޒު އާދަމެވެ. ފިނޮޅު ސީސައިޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ސްޓީވެން ފިލިޕްސް އެވެ.
މި އެއްބަސްވުމުގެ ސަބަބުން، އެފްއެޗްޓީއެސްގައި ކިޔަވާ ދަރިވަރުންނަށް ފިނޮޅު ސީސައިޑް ރިސޯޓްގައި އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
އެފްއެޗްޓީއެސްގެ ލެކްޗަރަރ އަދި ކޯޓިނޭޓަރ އިންޑަސްޓްރިއަލް ރިލޭޝަންސް، އިސްމާއިލް ޝިޔާރު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް އެކި ރިސޯޓްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މަސައްތުގެ ތަޖުރިބާ ހޯދަން ދާ ކުދިންގެ އަދަދު ވެސް މިހާރު އިތުރުވަމުން އަންނަ ކަމަށެވެ.
" މީގެ ސަބަބުން ދަރިވަރުންނަށް ޓޫރިޒަމް ދާއިރާއިން ގިނަ ފުރުސަތުތަކާއި ދާއިމި ވަޒީފާއަކަށް ދިއުމަށް މަގު ފަހިވެގެންދާނެ" ޝިޔާރު ވިދާޅުވިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޮޅު ސީސައިޑްގެ ޖެނެރަލް މެނޭޖަރު ސްޓީވެން ފިލިޕްސްވަނީ އެ ރިސޯޓުން، ތަޢުލީމީ މަސައްކަތްތރި ޖީލެއް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
advertisment
ހިޔާލު