ފ. އަތޮޅު ޤުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް ފ. އަތޮޅު މަދަރުސާގެ ޔާނާ، ސްކޫލަކަށް ފ. އޭއީސީ

ފ. އަތޮޅު ކައުންސިލް ޤުރުއާން މުބާރާތުން، ވަނަތައް ހޯދި އެ އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ފީއަލީގެ ރައްޔިތުން މަރުހަބާ ކިޔަނީ: ފ. އަތޮޅު މަދަރުސާއިން ވަނީ މުޅި މުބާރާތުން ދެވަނަ ހޯދާފައި- ފޮޓޯ: ފ. އަތޮޅު މަދަރުސާ

ފ. އަތޮޅު ޤުރުއާން މުބާރާތުގެ އެންމެ މޮޅު ދަރިވަރަކީ ފ. އަތޮޅު މަދަރުސާގެ ޢާއިޝަތު ޔާނާ އަޙްމަދެވެ. އެވަނަ ސްކޫލަކީ ފ. އޭއީސީއެވެ. އެއްވަނަ ހޯދި ޔާނާ ވަނީ ބަލައިގެން ކިޔުމުން ކީ ސްޓޭޖް ހަތަރަކުން އެއްވަނަ އަދި ބަލައިގެން ކިޔުމުގެ ގޮފިން ވެސް އެއްވަނަ ހޯދާފައެވެ.

މި މުބާރާތުގައި، ބަލައިގެން ކިޔުމުންނާއި ނުބަލައި ކިޔުމުގައި 88 ދަރިވަރުން ބައިވެރިވިއެވެ.

މުޅި މުބާރާތުން ދެވަނަ ހޯދީ ވެސް ފ. އަތޮޅު މަދަރުސާގެ ދަރިވަރެކެވެ. އެ ސްކޫލުގެ ރުޚާއު ރިފްއަތު މުޙައްމަދު ވަނީ ނުބަލައި ކިޔުމުން ކީ ސްޓޭޓް އެކަކުން އެއްވަނަ، އަދި ނުބަލައި ކިޔުމުގެ ގޮފިން އެއްވަނަ ހޯދާފައެވެ. މި މުބާރާތުން ދެވަނަ ހޯދީ ފ. އަތޮޅު މަދަރުސާއެވެ.

މުޅި މުބާރާތުން ތިންވަނަ ދަރިވަރަކީ ދަރަނބޫދޫ ސްކޫލު މިޝްކާ މޫސާއެވެ. އޭނާ ވަނީ ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ވެސް ހޯދާފައެވެ. ތިން ވަނަ ހޯދީ ބިލެތްދޫ ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *