ކިއުބާގެ ސްކޮލަރޝިޕެއްގެ ދަށުން ޑޮކްޓަރީކަން ކިޔެވުމުގެ ފުރުޞަތު

ކިއުބާގެ ސްކޮލަރޝިޕެއްގެ ދަށުން ލެޓިން އެމެރިކަން ޔުނިވަރސިޓީ އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔެވުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން މި ސްކޮލަޝިޕްގެ ދަށުން ދެނީ އެންމެ ފުރުޞަތެކެވެ.

ކޯހުގެ ޝަރުޠުތައް ކަމަށް ބުނެފައި ވަނީ ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ އިމްތިޙާނުގެ ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް ފަސް މާއްދާއިން ސީ އިން މަތީ ގުރޭޑެއް ހޯދާފައިވުމާއި ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް ނުވަތަ ހިސާބު ހިމެނެނޭ ގޮތަށް ތިން މާއްދާއިން ސީ އިން މަތިން ލިބިފައިވުމެވެ. އަދި މި އަހަރުގެ ޑިސެމްބަރު 15އަށް 25 އަހަރު ފުރިފައި ނުވުމާއި މާބަނޑު ފަރާތެއް ކަމުގައި ނުވުން ވެސް ޝަރުޠު ތަކުގެ ތެރޭގައި ހިމެނެއެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން، މި ކޯހުގެ ފުރުސަތަށް ހޮވޭ ކެންޑިޑޭޓުން ކިއުބާއަށް ފުރުން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ސްޕެނިޝް ބަހުން ކިޔަވައިދޭ މި ކޯސް ފެށުމުގެ ކުރިން ބަސް ކިޔަވައިދޭނެ ކަމަށާއި ކޯހަށް އެޕްލިކޭޝަން ހުށަހެޅުމަށްފަހު އެދޭ ކޯސް އަދި ޔުނިވަރސިޓީ ބަދަލެއް ނުކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ސްކޮލަރޝިޕްގެ ދެކޮޅު ޓިކެޓް ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރާނި ކިއުބާ ސަރުކާރުންނެވެ.

މި ކޯހަށް، ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 13:00ގެ ކުރިން މަތީ ތަޢުލީމާބެހޭ މަރުކަޒުގެ ޕޯޓަލް މެދުވެރިކޮށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *