ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރަން އަންގައިފި

ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރަން ތަޢުލީމީ ވަޒީރު ސްކޫލްތަކަށް އަންގަވައިފިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު، ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުއްވި ސަރކިއުލާފައި ވިދާޅުވެފައި ވަނީ، އުނގެމާއި އުނގަންނައި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ ޤައުމީ މަންހަޖުގައި ދުވަހީ ގޮތެއްގައި ކިޔަވައިދިނުމަށް ކަނޑައޅާފައިވާ ވަގުތު ހަމަކޮށް ކިޔަވައިދޭން ކަމަށެވެ.

ނމަވެސް، ސްކޫލުތަކގެ ރަސްމީ ދަންފަޅީގެ ތެރެއަށް ވަންނަގޮތަށް ބާއްވާ ބައެއް ޙަރަކާތްތަކުގެ ސަބަބުން މުޤައްރަރުގައި ކިޔވައިދިނުމަށް ކަނޑައޅާފައިވާ ވަގުތު ހަމަވާވަރަށް ކިޔަވައިދިނުން ކުރިއަށް ނުގެންދެވޭކަން ފާހަގަކުރައްވާފައިވެއެވެ.
ކަނޑައޅާފައިވާ ގާބިލިއްޔަތުތަކާއި އަގުތަކާއި ސިފަތައް އުނގަންނައިދިނުން ތަރުތީބުން ނުދިއުމާއި މީގެއިތުރުން މުޤައްރަރު ފުރިހަމަކުރުމަށާއި، މުޤައްރަރުގައިވާ މަޤްޞަދުތައް ދަރިވަރުންނަށް ޙާޞިލުކޮށްދިނުމަށް ޓަރމުގެ ފަހުކޮޅުގައި، އިތުރު ގަޑިތަކަށް ދަރިވަރުން ސްކޫލަށް ގެނައުމާއި އެއްފަހަރާ ގިނަ ފިލާވަޅުތަކެއް ދަރިވަރުންނަށް ދޭންޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

" އުނގެނުމާއި އުނގަންނައިދިނުން ކުރިއަށް ގެންދިއުން އެކަށީގެންވާ ގޮތަކަށް ނުދާހިނދު، މިކަމުގެ ސބަބުން ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް ވެސް ދަތިތަކާ ކުރިމަތިވެ، ޤައުމީ މަންހަޖުގައި ބަޔާންކުރާ މަޤްޞަދުތައް އޭގެ އެންމެ
ފުރިހމަގޮތުގައި ޙާޞިލު ކުރުމަށް ހުރަސްއެޅޭ" މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ސްކޫލްތަކަށް ފޮނުއްވި ދެވަނަ ސާކިއުލަރގައި ވަޒީރު ވިދާވެފައިވެއެވެ.

" ވީމާ، ސްކޫލުގައި ބާއްވާ ޙަރަކާތްތަކާ ގުޅިގެން، ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ޙަރަކާތްތައް ތަރުތީބު ކުރުމަށް ދަންނަވަމެވެ."

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *