ތަޢުލީމީ ވުޒާރާގެ ސެޓޭޓް މިނިސްޓަރުންނަށް ޑރ. އަޙްމަދު މުޙައްމަދާއި ޑރ. އަބްދުއްލަތީފު

ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ނ. ވެލިދޫ މާކޯނި، ޑޮކްޓަރ އަޙްމަދު މުޙައްމަދާއި ރ. އަލިފުށި ފުސްތުޅާގެ، ޑޮކްޓަރ ޢަބްދުއްލަޠީފް މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.

ޑރ. އަޙްމަދު މުޙައްމަދު، ޕީއެޗްޑީ ނިންމައި، 2021 ވަނަ އަހަރުން ފެށިގެން ހުންނެވީ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރަކަށެވެ. ޑޮކްޓަރު އަޙްމަދު، މާސްޓަރސް އާއި ޕީއެޗްޑީ ހެއްދެވީ ވެސް މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާއިން، އެޑިޔުކޭޝަން މެނޭޖްމަންޓް ލީޑަރޝިޕްގެ ދާއިރާއިންނެވެ. އަޙްމަދު ވަނީ ދ. އަތޮޅު މަދަރުސާއާއި އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަމުގެ މަގާމް އަދާކުރައްވާފައެވެ.

ޑރ. އަބްދުއްލަތީފު އެންމެ ފަހުން ހުންނެވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަޤާމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *