2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ކުރިއެކޭ އެއްގޮތަށް ޖެނުއަރީގައި ފެށުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ. އެކަން އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ، ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ބައްދަލު ކުރައްވައި، އެ މަޝްވަރާ ފެއްޓެވިކަން ވަނީ ހާމަކުރައްވާފައެވެ. 2025 ވަނަ އަހަރުން ފެށިގެން އެ ބަދަލު ގެންނަން ބޭނުންފުޅުވާ ނަކަމަށް ވެސް މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ކަމަށް ބައެއް ޕްރިންސިޕަލުން ވަނީ ފާހަގަކުރައްވާފައެވެ. އެ ބަދަލު ގެނައުމުގެ ކުރިން ބަޖެޓާއި މަންހަޖާއި، ކުރިއަށްދާނެ ތާވަލެއް އެކުލަވާލަންޖެހޭ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.
ބައެއް ޕްރިންސިޕަލުން ވިދާޅުވީ، ދިރާސާއާ އަހަރު ފެށުން އޮގަސްޓަށް ބަދަލު ކުރެއްވީ އެކަށީގެންވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އަދި އޭގެ ބައެއް ތަފްޞީލުވެސް މިނިސްޓަރު ހިއްސާ ކުރެއްވި ކަމަށެވެ.
ދިރާސީ އާ އަހަރު ޖެނުއަރީން ޖޫންއަށް ބަދަލުކުރީ 2021 ވަނަ އަހަރުއެވެ. އެ ބަދަލު ގެނައި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޗުއްޓީ ނުލިބޭތީ އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުންނެވެ.
advertisment
ހިޔާލު