ޔުނިވަރސިޓީތައް ރޭންކުކުރާ ކިއުއެސްއިން ވިލާ ކޮލެޖް ހަތަރު ތަރީގެ ތަނެއްގެ ގޮތުގައި ރޭޓްކޮށްފިއެވެ.
އަދި އޭގެ އިތުރުން ކިއުއެސް ސްޓާސްގެ ތިން ދާއިރާއަކުން ފަސް ތަރި، ދެ ދާއިރާއަކުން ހަތަރު ތަރި ވެސް އެ ޔުނިވަރސިޓީއަށް ދީފައިވެއެވެ. ފަސް ތަރި ދީފައި ވަނީ އޮންލައިން ލާނިންއާއި އެންވަރަމެންޓަލް އިމްޕެކްޓް އަދި އެމްޕްލޯޔަބިލިޓީންނެވެ. ހަތަރު ތަރި ލިބުނީ ޓީޗިން އެންޑް ލާނިންއާއި އެކަޑަމިކް ޑިވެލޮޕްމެންޓުންނެވެ.
މިއީ ކިޔުއެސްގެ ރޭންކިންގ ގައި ރާއްޖޭގައި މަތީ ތަޢުލީމުދޭ މުއައްސަސާއެއް ހިމެނި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ މަތީ ތަޢުލީމަށާއި ވިލާ ކޮލެޖަށް ލިބުނު ކާމިޔާބާގުޅިގެން އެ ކޮލެޖްގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ، ޔިއުއެސްގައި އެ ޔުނިވަރސިޓީން ބައިވެރިވީ އެ ކޮލެޖުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކުން ކިޔުއެސް ސްޓާސްގައި ބައިވެރިވާއިރު ލިބިފައި ހުންނަނީ ތިނެއް ނޫނީ ހަތަރު ތަރި ކަމަށެވެ. އެކަމަކު ވިލާ ކޮލެޖުން ބައިވެރިވި ފުރަތަމަ އަހަރު ހަތަރު ތަރީގައި ރޭޓް ކުރުމަކީ އެ ކޮލެޖުން ފޯރުކޮށްދެމުންދާ ތައުލީމުގެ ފެންވަރު ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށް ޑރ. ނަޖީބު ފާހަގަކުރެއްވިއެވެ.
ވިލާ ކޮލެޖުން ކިޔަވައިދޭ ކޯސްތަކުގެ 50 އިންސައްތައަކީ އޮންލައިންކޮށް ކިޔަވައިދޭ ކޯސްތަކަށްވާއިރު، އޮންލައިން ލާރނިންގ ދާއިރާއިން ފަސްތަރީގައި ރޭޓް ކުރުމަކީ އެ ކޮލެޖުން އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށް ދެވޭ ރަނގަޅު މެސެޖެއްކަމަށް ޑރ. އަލީ ނަޖީބު ވިދާޅުވިއެވެ.
ޑރ. އަލީ ނަޖީބު ވިދާޅުވީ، އެންޕްލޯއިބިލިޓީގެ ދާއިރާއިންވެސް ފަސްތަރީގައި ރޭޓް ކުރުމަކީ އެ ކޮލެޖުން ކިޔަވާ ދަރިވަރުންނަށް އެންޕްލޯއިބިލިޓީގެ ދާއިރާއިން ފުރުޞަތު އޮތްކަން އަންގައިދޭ ކަމެއް ކަމަށެވެ.
ވިލާ ކޮލެޖަކީ ތިމާވެއްޓާއި ރައްޓިހި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރާކަން ފާހަގަކުރައްވައި ޑ. ނަޖީބު ވިދާޅުވީ މީގެ 3 އަހަރު ކުރިން ވިލާ ކޮލެޖުގެ ކެމްޕަހަށް ޕްލާސްޓިކުގެ ބާވަތްތައް ނުވެއްދޭ ގޮތަށް "ޒީރޯ ޕްލާސްޓިކު" ޕޮލިސީއެއް ޤާއިމުކޮށްފައިވާކަމަށާއި ކޮލެޖުގެ ހުރިހާ ފުރާޅެއްގައި ސޯލަރ ޕެނަލް ހަރުކުރެވިފައިވާކަމަށެވެ. އޭގެ ހެއްކަކީ އެންވާރަމަންޓް އިންޕެކްޓުގެ ދާއިރާއިން ހަތަރު ލިބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޔިއުއެސްގައި 60 ޤައުމެއްގެ 600 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ. ކިއުއެސް ސްޓާގެ ރޭޓިން އާ އެކު އެ ކޮލެޖާ ގުޅޭ މައުލޫމާތުތައް ޓޮޕް ޔުނިވާސިޓީޒްގެ ލިސްޓުގެ ޕޯޓަލްގައި ވަނީ ހިމަނައިފަ އެވެ. މި ޕޯޓަލް އަށް އަހަރެއްގެ މައްޗަށް 55 މިލިއަން މީހުން ވަދެ އެވެ.
advertisment
ހިޔާލު